ސިޔާސީ ޕާޓީތަކުގެ ތާރީހުގައި ޢެއް ލައްކަ މެމްބަރުން ހަމަވި ފުރަތަމަ ޕާޓީއަށް ޕީއެންސީ

20 Nov 2026 | 00:55
ވެރިކަމަށް ތިން އަހަރުވުމުން ޕީއެންސީނއ ބޭއްވި ޖަލްސާ -- ދުވަސް ފޮޓޯ: އަހުމަދު އަބާން

ވެރިކަމަށް ތިން އަހަރުވުމުން ޕީއެންސީނއ ބޭއްވި ޖަލްސާ -- ދުވަސް ފޮޓޯ: އަހުމަދު އަބާން

ސިޔާސީ ޕާޓީތަކުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް މެމްބަރުންގެ ޢަދަދު އެއް ލައްކައަށް އަރައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގެ އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު އެންމެ ގިނަ މެމްބަރުން ތިބީ ވެރިކަން ކުރާ ޕީއެންސީ އެވެ. އެ ޕާޓީގަ 100,083 މެމްބަރުން ރެއާއި ހަމައަށް ޢެބަތިބި ޢެވެ.

Advertisement

ރައްޔިތުންގެ މަޖިލީހުން 2005 ގައި ސިޔާސީ ޕާޓީތައް އުފެއްދުމުގެ ޤާނޫނު ފާސްކުރި ފަހުން ވޭތުވި 21 އަހަރުގެ ތެރޭގައި އެއްވެސް ޕާޓީއަކަށް މި ޢަދަދާ ހަމައަށް ވާޞިލުވެވިފައެއް ނުވެއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ޕީއެންސީގައި ތިބީ 3,000 މެމްބަރުންނެވެ. އެމަނިކުފާނުގެ އިސްނެންގެވުމުގެ ދަށުން ފެއްޓެވި މެމްބަރޝިޕް ކެމްޕެއިނުގެ އަމާޒަކަށް ހެއްދެވީ އެއް ލައްކައަށް ވާޞިލުވުމެވެ. ވެރިކަމަށް އެއް އަހަރު ފުރުނު އިރު 75,000 އަށް ވުރެ ގިނަ މެމްބަރުން ވަނީ ހަމަކޮށްފައެވެ.

ޕީއެންސީ ފިޔަވައި ދެން މެމްބަރުން އެންމެ ގިނައީ އިދިކޮޅު އެމްޑީޕީގައެވެ. ރެއާ ހަމައަށް އެ ޕާޓީގައި 53,747 މެމްބަރުން ތިއްބެވެ. މި ވަގުތު އީސީގައި ރަޖިސްޓްރީކޮށްފައި ވަނީ ޕީއެންސީ، އެމްޑީޕީ، އަދާލަތު ޕާޓީ، އެމްޑީއޭ، ޖުމްހޫރީ ޕާޓީ، އެމްއެންޕީ އަދި ޕީއެންއެފް ހިމެނޭ ގޮތަށް ޖުމްލަ ހަތް ޕާޓީއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް