ރައްޔިތުން މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ވެރިކަންކުރާ އެމްޑީޕީ އާއި ގުޅިވަޑައިގެންފިއެވެ.
އެމްޑީޕީއަށް މެމްބަރު މުހައްމާ ސޮއި ކުރައްވާފައިވަނީ މިރޭގެ ވަގުތެއްގައެވެ. އެމްޑީޕީއަށް ސޮއި ކުރައްވާފައިވަނީ އެ ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި އެ ޕާޓީގެ ޗެއަރ ޕާސަން ހަސަން ލަތީފްގެ ހާޒިރުގައެވެ.
މުހައްމާ އެންމެ ފަހުން އުޅެފައިވަނީ ޕީޕިއެމްގައެވެ. އެ ޕާޓީން ވަކިކޮށް ގޮނޑި ގެއްލުވާލި މެމްބަރުންގެ ތެރޭގައި ހިމެނޭ މުހައްމާ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެފައިވަނީ ޖުމްހުރީ ޕާޓީގެ ޓިކެޓުގައެވެ.
https://twitter.com/MDPSecretariat/status/1064933377806000128
މުހައްމާ މިރޭ އެމްޑީޕީއަށް ސޮއިކުރައްވާފައިވާއިރު، މިހާރުގެ ޔޫތު މިނިސްޓަރު އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުކަން ކުރެއްވި އަހްމަދު މަހްލޫފްވެސް ދާދި ފަހުން ވަނީ އެމްޑީޕީއާއި ގުޅިވަޑައިގެންފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް