ހުޅުމާލޭ ކޮޅުން ބުރިޖު ހައިވޭގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ތިން މީހަކު ޒަހަމްވެއްޖެއެވެ.
މީޑިއާތަކަށް މައުލޫމާތު ހިއްސާކުރަމުން ހުޅުމާލޭ ހޮސްޕިޓަލް ހިންގަމުން އަންނަ އާސަންދަ ކުންފުނިން ބުނެފައިވަނީ އެކްސިޑެންޓްވެގެން ތިން މީހަކު މިރޭ 06:55ގައި ގެނެސްފައިވާކަމަށެވެ.
"ގެނެވިފައިވަނީ ކ. މާލެ 20 އަހަރުގެ ފިރިހެނަކާއި ކ. ގުރައިދޫ 20 އަހަރުގެ ފިރިހެނެއްގެ އިތުރުން ރ. ވާދުއަށް ނިސްބަތްވާ 25 އަހަރުގެ ފިރިހެނެއް" އާސަންދައިން ބުނެފައިވެއެވެ.
ބުނެފައިވަނީ އޭގެ ތެރެއިން 20 އަހަރުގެ ދެމީހުންނަށް ލިބިފައިވަނީ ކުދި އަނިޔާތަކެއް ކަމަށާއި ނަމަވެސް 25 އަހަރުގެ މީހާގެ ނޭފަތުން ލޭ ފައިބާތީ އީއާރުގައި ފަރުވާދެމުން އަންނަކަމަށެވެ. އޭނާގެ ހާލުވެސް ސްޓޭބަލް ކަމަށް ބުނި ނަމަވެސް އިތުރަށް ބުނެފައިވަނީ އެމަޖެންސީގައި ފަރުވާ ދެމުން އަންނަނީ އޭނާގެ ބޮލަށް އަނިޔާވެފައިވާތީ ކަމަށެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ދެ ސައިކަލު ޖެހިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް