ވަޒީރުކަމުގެ މަގާމާ ހަވާލުވުމުން ދައުލަތުގެ ކަންކަން ބޮއްސުންލާފައި އޮތް މިންވަރު އިތުރަށް ސާފުވެއްޖެ ކަމުގައި ރައީސް ސާލިޙްގެ ސަރުކާރުގެ ދާޚިލީ ވަޒީރު، ޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ދެންމެ ކުރެއްވި ޓްވީޓެއްގައެވެ.
އެ ޓްވީޓްގައި އިމްރާން އިތުރަށް ވިދާޅުވެފައިވަނީ ދައުލަތުގެ ނަޒާހާތްތެރިކަން ނެގެހެއްޓުމަށާއި ދެފުށްފެންނަ ތަހުޒީބު އުސޫލަކުން ކަންކަން ހިންގުމުގައި ރައީސް އިބްރާޙީމް މުހައްމަދު ސާލިޙްގެ އެޖެންޑާ ކާމިޔާބު ކުރުމަށް ކޮންމެ ގޮންޖެހުމަކާވެސް ކުރިމަތިލައްވާނެ ކަމަށެވެ.
"ދައުލަތުގެ ނަޒާހާތްތެރިކަން ނެގެހެއްޓުމަށާއި ދެފުށްފެންނަ ތަހުޒީބު އުސޫލަކުން ކަންކަން ހިންގުމުގައި ރައީސް އިބްރާޙީމް މުހައްމަދު ސާލިޙްގެ އެޖެންޑާ ކާމިޔާބު ކުރުމަށް ކޮންމެ ގޮންޖެހުމަކާވެސް ކުރިމަތިލާނަން، އިންޝާ ﷲ" ވަޒީރު ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ވަޒީރު ކުރައްވާފައިވާ އިތުރު ޓްވީޓެއްގައި ވިދާޅުވެފައިވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވާ ވަގުތު އެންމެ ބޮޑަށް "މިސްވަނީ" އަޚް އަދި މެންޓަރ އަލް މަރްހޫމް ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީގެ ހެޔޮ ލަފާފުޅާއި، ނަސޭހަތްޕުޅާއި، އިރުޝާދު ކަމަށެވެ. އެމަނިކުފާނު ނެގުމުގެ ގެއްލުން ދުވަހަކުވެސް ފޫނުބެއްދޭނެ ކަމުގައި ވަޒީރު ވިދާޅުވެފައިވެއެވެ.
https://twitter.com/ShimranAb/status/1064854572307365890
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް