ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ދަރިވަރުން ހެނދުނު ކެއީ ބާގާ އާއި ސަބްމެރިން ކަމުގައި ބުނެ ރައީސް ސާލިޙްގެ ދޮންކޭލާ ކިރުތަށި ސިޔާސަތަށް، ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު ސިއްދީގް ފާޑުވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅީ ރޭ ޗެނަލް 13ގެ ޕްރޮގްރާމެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.
"ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ކޮންފަދަ އުޖާލާ ދުވަސްތަކެއްތޯ އަޅުގަނޑުމެން ދެކެމުންދިޔައީ، އެމަނިކުފާނުގެ ވެރިކަމުގައި ކިރުތައްޓެއް ނޫނޭ ބުއީކީ، ބާގާ ކެއީ، ހެނދުނަށް ކެއީ، ސަބްމެރިންއާ ބާގާ ކައިގެން އަޅުގަނޑުމެން ތިބީ، އަޅުގަނޑުމެންގެ ދަރިން ތިބީ" ސިއްދީގު ވިދާޅުވިއެވެ.
ސިއްދީގު ވިދާޅުވީ ދަރިންނަށް ދެމުންދިޔައީ ދޮންކޭލާ ކިރުތަށި ނޫން ކަމަށެވެ.
"ދޮންކޭލާ ކިރުތަށި މީ ކޯއްޗެއްތޯ، މިއީ ދިވެހިން މާ ކުރިންސުރެ ކާ އެއްޗެހި ނޫންތޯ،" ސިއްދީގު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ޖަޒީރާ ރާއްޖެ އަކަށް ސަބްމެރިން އާއި ބާގާ އާއި ކޭއެފްސީ ބޭނުން ނުވާނެ ކަމަށެވެ. ވިދާޅުވީ ބޭނުންވާނީ ހޮޅުއައްޓެއް ކަމަށާއި ހޮޅުވަށީގައި ކާނީ މަހާއި ކާއްޓާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް