ޒިންމާދާރު އިދިކޮޅު ޕާޓީއެއް އޮތުން މުހިންމު: އީސީ ޝަރީފް

ސަރުކާރަށް ފާރަވަރިވާނެ ޒިންމާދާރު އިދިކޮޅު ޕާޓީއެއް އޮތުން މުހިންމު ކަމުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ. ޝަރީފް މިހެން ވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓްވީޓެއްގަ...

20 Nov 2018 | 07:59

ސަރުކާރަށް ފާރަވަރިވާނެ ޒިންމާދާރު އިދިކޮޅު ޕާޓީއެއް އޮތުން މުހިންމު ކަމުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

https://twitter.com/ShareefRangondi/status/1064764814302490624

އެ ޓްވީޓްގައި ޝަރީފް ވިދާޅުވެފައިވަނީ ސަރުކާރަށް ފާރަވަރިވާނެ ޒިންމާދާރު އިދިކޮޅު ޕާޓީއެއް އޮތުން މުހިންމު ކަމަށާއި އެކަން ކުރެވޭނީ ގާނޫންތަކާ ގަވާއިދުތަކާ އެކަމަށް ހެދިފައިވާ އުސޫލުތަކާ އެއްގޮތަށް ބިނާކުރާ ލީޑަޝިޕެއްގެދަށުން ކަމަށެވެ.

އީސީ ޝަރީފް މިހެން ވިދާޅުވެފައިވާއިރު ނިމިދިޔަ އިންތިހާބުގައި ބަލިވި ޕީޕީއެމް އިން ބުނެފައިވަނީ އެ ޕާޓީ ދެން ފެންނާނީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް