އައްޑޫ ސިޓީގައި ގްރޫޕަކުން ތިން ގެއަކަށްވަދެ ގެއްލުންތަކެއްދީ ކުޑަ އަންހެންކުއްޖަކަށް އަނިޔާކޮށްފިއެވެ.
މިކަން ހިންގާފައިވަނީ މިއަދު ހެނދުނު އެވެ. އައްޑޫގައި ހިންގަމުން އަންނަ އައްޑޫލައިވްގައި ރިޕޯޓްކޮށްފައިވާގޮތުގި އެ ގެތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވެއެވެ.
އެގޮތުން މިއަދު ހެނދުނު ސ. ހިތަދޫ، ވައިޓްހީރާ ނަމަކަށް ކިޔާ ގެއަކަށް ބަޔަކު ވަދެ، އެގޭގައި ދިރިއުޅޭ 12 އަހަރުގެ އަންހެން ކުއްޖެއްގެ ގައިގާ ތަޅާ ވަނީ އަނިޔާ ކޮށްފައި ކަމަށާއި އެއަށްފަހު ސ. ހިތަދޫ ޕޫލްބަހާރު އަށް ބަޔަކު ވަނީ ކަތިވަޅި ހިފައިގެން އެ ގޭގެ ތެރޭގައި ހުރި ޓީވީ، އައިސް އަލަމާރި އަދި އަވަން ފަދަ ތަކެތި ހަލާކު ކޮށްލާފައިވާކަމަށް އައްޑޫލައިވްގައި ރިޕޯޓްކޮށްފައިވެއެވެ. އަދި ގޭގައި ހުރި ގޮނޑިތައް ވެސް ވަނީ އެއްކޮށް ހަލާކުކޮށްލާފައިވާކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.
މީގެ އިތުރުން ސ.ހިތަދޫ ކައުސަރުހިޔާގެ ބޭރުގައި ހުރި ކުޑަ ބަދިގެއެއް ވެސް ވަނީ އަންދާލާފައިވާކުގައިވެސް އައްޑޫލައިވްގައި ރިޕޯޓްކޮށްފައިވެއެވެ. މައުލޫމާތުލިބިފައިވާގޮތުގައި މި މައްސަލަތައް މިހާރު ވަނީ ޕޮލިހަށް ރިޕޯޓްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް