ޕީއެސްއެމް އަރުޝީފުން ބައެއް ނައްތާލުމުން މިނިސްޓަރު ޔުމްނާ ކަންބޮޑުވުން ފާޅުކުރައްވައިފި

ޕީއެސްއެމްގެ އަރުޝީފުން ބައެއް ޑިލީޓްކުރިކަމަށްބުނާ މައްސަލައިގާ މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. މިނިސްޓަރު ވިދާޅުވެފައިވަނީ މިއީ ޤާނޫ...

20 Nov 2018 | 05:18

ޕީއެސްއެމްގެ އަރުޝީފުން ބައެއް ޑިލީޓްކުރިކަމަށްބުނާ މައްސަލައިގާ މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މިނިސްޓަރު ވިދާޅުވެފައިވަނީ މިއީ ޤާނޫނީ ގޮތުން ރައްކާތެރި ކުރަންޖެހޭ ތަކެތި ކަމަށާއި މި މައްސަލަ ފުލުހުން ރަނގަޅަށް ތަހުޤީގު ކުރައްވާނެކަމަށް އުންމީދު ކުރައްވާކަމަށެވެ.

https://twitter.com/yumna_maumoon/status/1064496845349515264

"މިފަދަ އޯޑިއޯ/ވީޑިއޯ ނައްތާލެވިގެންވާނީ ޤައުމީ އަރުޝީފްގެ ޑިރެކްޓަރު ޖެނެރަލްގެ ހުއްދަ ލިބިގެން" މިނިސްޓަރު ވިދާޅުވެފައިވެއެވެ.

ޕީއެސްއެމްގައި ބޭނުން ކުރަމުންދިޔަ ގިނަ ވީޑިއޯތަކެއް ކާކުކަން ނޭނގޭ ގޮތަށް ޑިލީޓްކޮށްލާފައިވާ މައްސަލާގައި ފުލުހުން ވަނީ އެކުންފުންޏަށް އިއްޔެ ގޮސް ތަހްގީގު ފަށާފައެވެ. ނަމަވެސް ތަހްގީގު މިހާތަނަށް ގޮސްފައިވާ ހިސާބެއް ސާފުވާ ގޮތް ވަނީ ނުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް