އިންޑިއާއިން އައްޑުއަށް ކަނޑުމަގުން މުދާ އެތެރެކުރުމާއިމެދު ކުރެވެން ހުރި ކަންކަމާއިމެދު މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާކޮށްފައިވަނީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، އަކިލޭޝް މިޝްރާއާއި އެ ކައުންސިލުން އިއްޔެ ކުރިއަށްގެންދިޔަ ބައްދަލުވުމުގައެވެ.
އައްޑޫސިޓީ ކައުންސިލްގެ ހުރިހާ ކައުންސިލް މެމްބަރުން ބައިވެރިވެވަޑައިގެންނެވި މިބައްދަލުވުމުގައި، ކައުންސިލުން ހިންގުމަށް ރާވާފައިވާ މަޝްރޫޢުތަކާއި ގުޅޭގޮތުންނާއި، އައްޑޫގައި އިންޑިއާގެ އިންވެސްޓަރުންނަށް ހުރި ފުރުސަތުތަކާއި ގުޅޭގޮތުން މަޝްވަރާކުރެވުނުކަމުގައި އެ ކައުންސިލްގެ ވެބްސައިޓްގައި ބުނެފައިވެއެވެ.
"އިންޑިއާއާއި އައްޑޫއާ ދެމެދު ވައިގެ ދަތުރު ފެށުމަށާއި ކަނޑުމަގުން މުދާ އެތެރެކުރުމަށް ކުރެވެން ހުރި ކަންކަމާއި ގުޅޭ ގޮތުންވެސް ވާހަކަ ދެކެވުނު" އެ ކައުންސިލުން ބުނެފައިވެއެވެ.
އެ ކައުންސިލުން ބުނެފައިވާގޮތުގައި މިބައްދަލުވުން ކުރިއަށް ދިޔައީ މާލޭގައި ހުންނަ އިންޑިއާ ސަފީރުގެ އޮފީހުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް