ކުޅިވަރަކީ އެންމެން އެއްބައިވަންތަކުރުވާ އެއްޗެއް: ރައީސް ސާލިޙް

ކުޅިވަރަކީ އެންމެން އެއްބައިވަންތަކުރުވާ އެއްޗެއްކަމަށާއި، ޚިޔާލު ތަފާތުވުންތައް ދޫކޮށް އެންމެން އެއްތާކުން ފެނުމަކީ  ވަރަށް އުފާވެރި މަންޒަރެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލި...

20 Nov 2018 | 04:42

ކުޅިވަރަކީ އެންމެން އެއްބައިވަންތަކުރުވާ އެއްޗެއްކަމަށާއި، ޚިޔާލު ތަފާތުވުންތައް ދޫކޮށް އެންމެން އެއްތާކުން ފެނުމަކީ  ވަރަށް އުފާވެރި މަންޒަރެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދުޅަހެޔޮ ހަށިހެޔޮ ޢީދާއި ގުޅިގެން ރޭ ބޭއްވި ޚާއްޞަ ފުޓްބޯޅަ މެޗުތަކުގެ ތެރެއިން ދެއްވި ބަސްދީގަތުމެއްގައެވެ.

މި ކުޅިވަރު ޢީދާއި ގުޅިގެން މިރޭ ބޭއްވި ޚާއްޞަ ފުޓްބޯޅަ މެޗެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަޞީމް ވަނީ ބައިވެރިވެވަޑައިގެންފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުވެސް ވަނީ މި މެޗްތައް ބައްލަވާލެއްވުމަށް ރަސްމީ ދަނޑަށް ވަޑައިގެންފައެވެ.

ރޭ ކުޅުނު ފުޓްބޯޅަ މެޗުތަކުގައި ބައިވެރިވެ ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދާއި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ހިމެނިވަޑައިގަންނަވައެވެ.

ރޭގެ ފުޓްބޯޅަ މެޗުތައް ބައްލަވާލެއްވުމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމާއި ސަރުކާރުގެ އިސް ބައެއް ބޭފުޅުން ވެސް ރަސްމީ ދަނޑަށް ވަޑައިގެންނެވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް