ފުވައްމުލަކު ސިޓީގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އުމުރުން 17 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ އެވެ.
މީޑިއާތަކަށް މި އެކްސިޑެންޓާއި ބެހޭގޮތުން މައުލޫމާތު ދެމުން ފުލުހުން ވިދާޅުވެފައިވަނީ މި އެކްސިޑެންޓް ހިނގާފައިވަނީ އެއާޕޯޓް ކައިރީގައި ކަމަށެވެ. ދެ ސައިކަލެއް ޖެހި ހިނގި މި އެކްސިޑެންޓް ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ މިރޭ 07:15 ހާއިރު ކަމަށެވެ.
"އެކްސިޑެންޓްގައި އަނިޔާވެފައިވަނީ ތިން މީހަކަށް، ނިޔާވީ އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖެއް" ފުލުހުން މައުލޫމާތު ދެއްވަ އެވެ.
ފުލުހުން އިތުރަށް ވިދާޅުވެފައިވަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނީ އުމުރުން 19 އަހަރުގެ ފިރިހެނަކަށާއި 16 އަހަރުގެ ފިރިހެން ކުއްޖަކަށް ކަމަށެވެ. 19 އަހަރުގެ މީހާއާއި 16 އަހަރުގެ ކުއްޖާގެ ހާލު ސީރިއަސް ކަމުގައިވެސް ފުލުހުން ވިދާޅުވެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް