ފުލުހުންނާއި ހޭންޑް އިން ހޭންޑް ގުޅިގެން ފުވައްމުލަކު ރައްޔިތުން ހޭލުންތެރި ކުރުމަށް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ފުވައްމުލަކު ރައްޔިތުން ހޭލުންތެރިކުރުމަށް ފުވައްމުލަކު ޕޮލިސް ސްޓޭޝަން އާއި ހޭންޑް އިން ހޭންޑް  ގުޅިގެން ޕްރޮގުރާމްތަކެއް ކުރިޔަށް ގެންގޮސްފިއެވެ. މިމަހުގެ 12 ވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހުގެ ...

20 Nov 2015 | 13:36

ފުވައްމުލަކު ރައްޔިތުން ހޭލުންތެރިކުރުމަށް ފުވައްމުލަކު ޕޮލިސް ސްޓޭޝަން އާއި ހޭންޑް އިން ހޭންޑް  ގުޅިގެން ޕްރޮގުރާމްތަކެއް ކުރިޔަށް ގެންގޮސްފިއެވެ.

މިމަހުގެ 12 ވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހުގެ ނިޔަލަށް ފުވައްމުލަކު ޒުވާނުންގެ މަރުކަޒުގައި ކުރިޔަށް ގެންދިޔަ މި ޕްރޮގުރާމްތަކުގައި މައުލޫމާތުދީފައިވަނީ ޕޭރެންޓިންގ ސްކިލްސް އާއި ލައިފް ސްކިލްސް އާ ބެހޭގޮތުންނެވެ.

ފުލުހުން ބުނީ މި ޕްރޮގުރާމްގައި ދަރިންތަރުބިއްޔަތު ކުރުމުގައި ވިސްނަންޖެހޭ މުހިއްމު ކަންތައްތަކާއި ރިވެތި އަޚްލާޤް ދަރިވަރުންގައިގާ އަށަގެންނެވުމަށް ބެލެނިވެރިންނަށް ކުރެވިދާނެ ކަންކަމާއި ބެހޭގޮތުން ވަނީ މަޢުލޫމާތު ދީފައި ވެ އެވެ. މީގެއިތުރުން ކޮމިއުނިކޭޝަން އާއި އެންގަރ މެނޭޖްމަންޓް، އެމްޕަތީ، ޗައިލްޑް އެބިއުސް މޮޑިއުލްތަކުގެ އިތުރުންވެސް ޑޮމެސްޓިކް ވައިލެންސާއި ބިހޭވިއަރ އަދި ބްލީ ކުރުމާއި ބެހޭ ގޮތުން ވެސް ބެލެނިވެރިންނަށް މަޢުލޫމާތު ދީފައިވެއެވެ.

"މި ޕްރޮގުރާމަކީ ޔުނިސެފްގެ ފަރާތުން ހިންގާ ސޭފް އައިލެންޑް މޮޑިއުލްގެ ދަށުން ކުރިޔަށް ގެންދާ ޕްރޮގުރާމެއް، މި ޕްރޮގުރާމް ފުވައްމުލަކުގެ 20 ބެލެނިވެރިޔަކު ވަނީ ފުރިހަމަކޮށްފައި، އަދި މި ޕްރޮގުރާމް ފުރިހަމަ ކުރި ބެލެނިވެރިންނަށް ކޮމިއުނިޓީ އެވެއަރނެސް އިތުރުކުރުމަށްޓަކައި އެކިއެކި ޕްރޮގުރާމްތައް ހިންގުމަށްފުވައްމުލަކު ޕޮލިސް ސްޓޭޝަނާއި ހޭންޑް އިން ހޭންޑް ގުޅިގެން ދަނީ މަސައްކަތްތަކެއް ކުރަމުން" ފުލުހުން ބުނެ އެވެ.

ފުލުހުން އިތުރަށް ބުނީ މި ޕްރޮގުރާމްގައި ބެލެނިވެރިންނަށް މައުލޫމާތު ދީފައިވަނީ ހޭންޑް އިން ހޭންޑްގެ  އާމިނަތު އިސްމާއިލް އާއި ޝީނީޒް އަބްދުލް ރަހްމާން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް