ރިޔާސީ ލޯންޗުކޮޅުގައި ބޮން ގޮއްވި މައްސަލައިގާ ހައްޔަރުކޮށްފައިވާ ހާމިދު އިސްމާއިލް (ހާމިދު ސޭޓް) މިއަދު ދޫކޮށްލުމަށްފަހު ދޫނިދޫއިން މާލެ އައިތަނުން އެހެން މައްސަލައެއްގައި އަނެއްކާވެސް ހައްޔަރުކޮށްފި އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ އިންފޮމޭޝަން އޮފިޝަރު އިސްމާއިލް އަލީ ވިދާޅުވީ ހާމިދު އިސްމާއީލް މިއަދު ދޫކޮށްލީވެސް ފުލުހުން ކަމަށާއި ދޫނިދޫއިން މާލެ އައިތަނުން ހާމިދު އިސްމާއިލް ހައްޔަރުކުރީ މަނީ ލޯންޑެރިންގެ މައްސަލައަކާއި ގުޅިގެން ކަމަށެވެ.
ރައީސް އަވަހާރަކޮށްލަން އުޅުމުގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ގާތް ގުޅުމެއް އޮންނަ ހާމިދު ފުރަތަމަ ހައްޔަރުކުރީ ގޮއްވާލާނެ ކަމަށް ބުނެ ރައީސް ޔާމީނަށް ވައިބާ މެދުވެރިކޮށް އިންޒާރު ދިން ކަމަށް ބުނެ އެވެ.
އެ މައްސަލާގައި ހާމިދުގެ ބަންދަށް ކޯޓުން ފުރަތަމަ 15 ދުވަސް ދިނުމަށް ފަހު މި މަހު 16 ގައި ވަނީ ފަސް ދުވަސް ދީފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް