ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާއި ގުޅިގެން ހޮންކޮންގް ގެ ފަތުރުވެރިން ރާއްޖެ އައުމުގައި ސަމާލުވުމަށް އިލްތިމާސްކޮށް އެ ގައުމުން ނެރުނު "އެމްބާ އައުޓްބައުންޑް ޓްރެވަލް އެލާޓް" މިއަދުން ފެށިގެން އުވާލައިފި އެވެ.
ހޮންގްކޮންގް ގެ ކަމާބެހޭ ގައުމީ އިދާރާތަކުން ހާމަކޮށްފައިވާގޮތުން ރާއްޖެއަށް ނެރުނު ޓްރެވެލް އެލާޓް އުވާލީ ރާއްޖޭގެ މިހާރުގެ ހާލަތަށް ރިއާޔަތް ކުރުމަށް ފަހުގަ އެވެ.
ހޮންކޮންގް ގެ ރައްޔިތުން އެހެން ގައުމުތަކަށް ދަތުރު ކުރުމުގައި ފަރުވާތެރިވުމަށް އިލްތިމާސްކޮށް އެ ގައުމުން އާންމުގޮތެއްގައި ތިން ކެޓަގެރީއެއްގެ ޓްރެވެލް އެލާޓެއް ނެރެ އުޅެ އެވެ. އެގޮތުން ނެރޭ ޓްރެވަލް އެލާޓްގެ ތެރޭގައި ހިމެނެނީ "ބްލެކް" އެލާޓާއި، "ރެޑް" އެލާޓާއި "އެމްބާ" އެލާޓެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް