ގައުމީ 10 ބޯލް ބިލިއާޑް މުބާރާތުގެ ސެމީއަށް ދަތުރުކުރި ކުޅުންތެރިން ކަށަވަރުވެއްޖެ

މިހާރު ކުރިއަށްދާ ގައުމީ 10 ބޯލް ބިލިއާޑް މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރި ކުޅުންތެރިން ކަށަވަރުވެއްޖެ އެވެ. ރޭގެ މެޗުތަކަށްފަހު ދުންޔާޒް މުހައްމަދު ސެމީގެ ޖާގައެއް ކަށަވަރުކުރިއިރު، ކުރިން ސެމީގ...

20 Nov 2015 | 06:12

މިހާރު ކުރިއަށްދާ ގައުމީ 10 ބޯލް ބިލިއާޑް މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރި ކުޅުންތެރިން ކަށަވަރުވެއްޖެ އެވެ.

ރޭގެ މެޗުތަކަށްފަހު ދުންޔާޒް މުހައްމަދު ސެމީގެ ޖާގައެއް ކަށަވަރުކުރިއިރު، ކުރިން ސެމީގެ ޖާގައެއް ކަށަވަރުކޮށްފައިވަނީ މުހައްމަދު ޝަރީފް އާއި ހުސައިން ފަޔާޒް އެވެ. ޝަރީފްއާއި ފަޔާޒް ކުޅުނު އެއްވެސް މެޗަކުން އަދި ބަލިވެފައެއް ނުވެއެވެ.

ރޭ އަހްމަދު ޒިޔާންއާ ވާދަކޮށް، ދުންޔާޒް މުހައްމަދު ވަނީ 7-5 ފްރޭމްއިން މޮޅުވެފައެވެ. އަދި އަހުސަން ހާޝިމްއާ ވާދަކޮށް، ދުންޔާޒް މޮޅުވެފައިވަނީ 6-7 ފްރޭމްއިންނެވެ.

މިމުބާރާތުގެ ސެމީގެ މެޗުތައް މިރޭ ކުރިއަށްދާނެ އެވެ. ސެމީގެ ފުރަތަމަ މެޗުގައި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ޝަރީފްއާއި ފަޔާޒް އެވެ. އަދި ސެމީގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ސެމީގެ ފުރަތަމަ މެޗުން ބަލިވި ކުޅުންތެރިޔާއާއި ދުންޔާޒް އެވެ.

މިމުބާރާތުގައި ޖުމްލަ 32 ކުޅުންތެރިން ވާދަކުރެ އެވެ. އެމްޕީބީއޭ ރޭންކިންގްގެ ގަދަ 16 ގައި ހިމެނޭ ކުޅުންތެރިންނަށް އޮޓޮމެޓިކް ޖާގައެއް ދީފައިވާއިރު، އަނެއް 16 ކުޅުންތެރިން ހޮވާފައިވަނީ ކޮލިފައިން ބުރުންނެވެ. މިމުބާރާތް ކުރިއަށްދަނީ ޑަބަލް އެލިމިނޭޝަން އުސޫލުންނެވެ.

މިމަހުގެ 11 އިން 21 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގެ ޗެމްޕިއަން ހޯދާ ކުޅުންތެރިޔާއަށް 7000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ. ރަނަރަޕް ކުޅުންތެރިޔާއަށް 3000 ރުފިިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، ތިންވަނައަށް ހޮވޭ ކުޅުންތެރިޔާއަށް 2000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ. އޭގެ އިތުރުން ވެސް ވަނަވަނައަށް ހޮވޭ ކުޅުންތެރިންނަށް އިނާމުތަކެއް ހުށަހަޅާގޮތަށް ހަމަޖެހިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް