ސުނާމީ ބިނާ އެހެންތަނަކަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި

ސުނާމީ ބިނާ މާލޭގެ އެހެން ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފިއެވެ. 2004ވަނަ އަހަރު އެރި ސުނާމީ ކާރިޘާގައި ނިޔާވި މީހުންނާއި ގެއްލުނު މީހުންގެ ހަނދާނުގައި ހަދާފައިވާ ސުނާމީ ބިނާ މާލޭގެ އެހެން ތ...

20 Nov 2015 | 06:01

ސުނާމީ ބިނާ މާލޭގެ އެހެން ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

2004ވަނަ އަހަރު އެރި ސުނާމީ ކާރިޘާގައި ނިޔާވި މީހުންނާއި ގެއްލުނު މީހުންގެ ހަނދާނުގައި ހަދާފައިވާ ސުނާމީ ބިނާ މާލޭގެ އެހެން ތަނަކަށް ބަދަލު ކުރަނީ  މާލެ އާއި ހުޅުލެ އާއި ދެމެދު އަޅާ ބްރިޖް ސުނާމީ ބިނާ ކައިރިން ހުޅުލޭގެ ދުކުނު ކޮޅަށް އެޅުމަށް ނިންމާފައިވާތީއެވެ.

މަޖީދީ މަގުގެ ހުޅަނގުން އެމަގު ނިމޭ ހިސާބަށް ސުނާމީ ބިނާ ގެންދިއުމަށް ނިންމާފައިވާ ކަމަށާއި ކްރޭނެއްގެ އެހީގައި ސުނާމީ ބިނާ އެތަނަށް ވަރަށް އަވަހަށް ގެންދެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ.

މިހާރު އެކަމުގެ ޢަމަލީ މަސައްކަތް ފަށާފައިވާ އިރު، އެމަސައްކަތް ކުރިއަށްދާތީ ސުނާމީ ބިނާގެ ޕްލެޓްފޯމްއަށް އެރުން މަނާކޮށް ބޯޑެއް ވަނީ ބަހައްޓާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް