ހިތަދޫގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި ފުރާވަރު ކުއްޖާ ނިޔާވެއްޖެ

އިއްޔެ ހެނދުނު އައްޑޫ ސިޓީ ހިތަދޫގައި ހިނގި އެކްސިޑެންޓްގައި ސީރަސް ޒަހަމްތަކެއް ލިބުނު ޒުވަނާ މިރޭ ނިޔާވެއްޖެ އެވެ. ހިތަދޫ ބޮޑުމަގުގައި ހިނގި އެ އެކްސިޑެންތްގައި ލިބުނު ޒަހަމްތަކަށް ހިތަދޫ ރީޖަނަލް ހ...

19 Nov 2015 | 23:44

އިއްޔެ ހެނދުނު އައްޑޫ ސިޓީ ހިތަދޫގައި ހިނގި އެކްސިޑެންޓްގައި ސީރަސް ޒަހަމްތަކެއް ލިބުނު ޒުވަނާ މިރޭ ނިޔާވެއްޖެ އެވެ.

ހިތަދޫ ބޮޑުމަގުގައި ހިނގި އެ އެކްސިޑެންތްގައި ލިބުނު ޒަހަމްތަކަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވީ ހިތަދޫ ޓިނުޖެހިގޭ، އުމުރުން 17 އަހަރުގެ ނަވާލު މުހައްމަދު އެވެ. ފަރުވާ ދެމުން ދަނިކޮށް ނަވާލް ނިޔާވީ މިރޭ 2:30 ހާއިރު އެވެ.

އިއްޔެގެ އެކްސިޑެންޓް ހިނގަން މެދުވެރިވީ ދެ ސައިކަލެއް ޖެހިގެންނެވެ. މި އެކްސިޑެންޓްގައި ނަވާލްގެ ބޯ ފަޅައިގެންގޮސް އިތުރު ބޮޑެތި ބައެއް ޒަހަމްތައް ލިބިފައި ވާއިރު އިތުރު ޒުވާނަކަށްވެސް އެކިވަރުގެ ކުދި އަނިޔާތަކެއް ލިބުނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް