އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މިމަހުގެ 24 ވަނަ ދުވަހަށް އިލެކްޝަންސް ކޮމިޝަންގެ ދެ މެމްބަރެއްގެ މަގާމުގެ މުއްދަތު ހަމަވާތީ އެ މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުވާލައިފި އެވެ. ރައީސް އޮފީހުން ވިދާޅުވީ އެ ...

20 Nov 2014 | 14:34

މިމަހުގެ 24 ވަނަ ދުވަހަށް އިލެކްޝަންސް ކޮމިޝަންގެ ދެ މެމްބަރެއްގެ މަގާމުގެ މުއްދަތު ހަމަވާތީ އެ މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުވާލައިފި އެވެ.

ރައީސް އޮފީހުން ވިދާޅުވީ އެ ފުރުސަތު މިއަދު ހުޅުވާލާފައިވަނީ މިމަހުގެ 26 ވަނަ ދުވަހުގެ މެންދުރުފަހު 3:00 ގެ ނިޔަލަށް ކަމަށެވެ.

24 ގައި ދެ މެމްބަރެއްގެ މަގާމުގެ މުއްދަތު ހަމަވާތީ ރައީސުލްޖުމްހޫރިއްޔާ މީގެ ކުރިން ތިން ނަމެއް މަޖިލީހަށް ފޮނުވިއެވެ. އޭގެ ތެރެއިން އެއް ބޭފުޅަކު އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް އައްޔަން ކުރަން ފެންނަ ކަމަށް މަޖިލީހުން އިއްޔެ ވަނީ ފާސްކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް