ތިނަދޫގައި ހުޅުޖެހި މައްސަލައިގައި ހިމެނޭ 55 މީހަކު ބަންދުކުރަން އަމުރުކޮށްފިި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުން އިސްތިއުފާދެއްވުމާއި ގުޅިގެން ޖެހިގެން އައި ދުވަހު ފެބްރުއަރީ 8، 2012 ގައި ގދ. ތިނަދޫގައި ހުރި ދައުލަތުގެ އޮފީސްތަކުގައި ހުޅުޖެހި މައްސަލައިގަ ދައުވާ ލިބޭ 55...

20 Nov 2014 | 12:50

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުން އިސްތިއުފާދެއްވުމާއި ގުޅިގެން ޖެހިގެން އައި ދުވަހު ފެބްރުއަރީ 8، 2012 ގައި ގދ. ތިނަދޫގައި ހުރި ދައުލަތުގެ އޮފީސްތަކުގައި ހުޅުޖެހި މައްސަލައިގަ ދައުވާ ލިބޭ 55 މީހަކު ހެކި ބަސް ނަގާ ނިމެންދެން ބަންދުގައި ބައިތުއްބަން ކްރިމިނަލް ކޯޓުން އަުމުރުކޮށްފި އެވެ.

ކޯޓުން ިމިގޮތަށް ހުކުމް ކުރީ ދައުވާ ލިބޭ ބައެއް މީހުން ހެކި ބަސްދޭ މީހުންނަށ ބިރުދައްކާކަން ކޯޓަށް ސާބިތު ކުރެވިގެންކަމަށް އަމުރުގައި ބުނެފައި ވެއެވެ. މި އަމުރު ނެރުއްވި ގާޒީ އަބްދުﷲ މުހައްމަދު ވަނީ އެމީހުންގެ ޝަރީއަތް ބޭއްވުމުގެ ބަދަލުގައި ޝަރީއަތަށް ވެއްދި 55 މީހުން ހެކިންނަށް ބިރުދައްކާކަމަށް ވިދާޅުވެ ބަންދުކުރުމަށް އަމުރު ކުރުމަށް ފަހު ޝަރީއަތް ނިންމާލައްވާފައި އެވެ. މި މީހުންނާއި ދެކޮޅަށް ހެކި ބަސްނަގަނީ ސއްރުކޮށްގެންނެވެ.

މި މައްސަލައިގަ ބަންދުކުރަން އެންގި 55 މީހުންގެ ތެރޭގައި ތިނަދޫ ރަށު ކައުންސިލްގެ ހަތަރު މެންބަރަކާއި ކުރީގެ އަތޮޅު ކައުންސިލް މެންބަރެއް ހިމެނެ އެވެ.

ކޯޓުން މިގޮތަށް އަމުރު ކުރުމައި ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދުވަނީ ޓެރަރިޒަމްގެ ނަމުގައި ކުރެވޭ އެ ދައުވާ ތަކަކީ އިންސާފަށް ކުރެވޭ ބޭވަފާއެއް ކަމަށް ވިދާޅުވެފައި އެވެ.

https://twitter.com/MohamedNasheed/status/535386351323979776

ތިނަދޫ ޕޮލިސް ސްޓޭޝަންގައި އާއި ކޯޓުތަކުގައި ހުޅުޖެހި މައްސަލައިގަ 89 މީހެއްގެ މައްޗަށް ދައުލަތުން ވަނީ ދައުވާ ކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް