ކްރިމިނަލް ކޯޓޫން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ކޯޓަށް ހާޒިރު ނުވެގެން ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް ފަސް މީހަކު ހޯދަން ފުލުހުން ފަށައިފި އެވެ.
ފުލުހުން ހޯދަމުންދަނީ ޏ.ފުވައްމުލައް، ކަނޑުބަލާގެ ޢަބްދުﷲ ނާޝިދު 29 އާއި ސ.ހިތަދޫ، ދިއްގާގަސްދޮށުގެ ޙަސަން ނިޔާޒު 34 އާއި ޏ.ފުވައްމުލައް، މާނެރުގެ އަޙްމަދު ޙަސަން ދީދީ 39 ގެ އިތުރުން ހދ.ކުޅުދުއްފުށި، ރެޑްކޯސްޓް ޢަބްދުﷲ ޢާލިމް 28 އާއި ރ. ކަނދޮޅުދޫ، ޗާނދަނީވިލާ ޢަބްދުﷲ ޝަނޫން24 އެވެ.
މީގެ ތެރެއިން އަބްދުﷲ ނާޝިދު ހޯދަމުންދަނީ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ ވައްކަމުގެ މައްަލައަކާއި ގުޅިގެންނެވެ. ހަސަން ނިޔާޒާއި އަހުމަދު ހަސަން ދީދީ ހޯދަމުންދަނީ ކްރިމިނަލް ކޯޓަށޤ ހުށަހެޅިފައިވާ މަސްތުވާތަކެތީގެ މައްސަލައެއްގައި އެވެ.
އަބްދުލް އާލިމް ކްރިމިނަލް ކޯޓުން ހޯދަމުންދާ ސަބަބު އާންމުކޮށްފައި ނުވާއިރު އަބްދުﷲ ޝަނޫން ހޯދަމުން ދަނީ ޑްރަގް ކޯޓުން ބަލަމުންދާ މައްސަލައަކާއި ގުޅިގެންނެވެ.
ފުލުހުން ވަނީ މި ފަސް މީހުންގެ މައުލޫމާތު ލިބިއްޖެ ނަމަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަމްބަރު 9991442 އަށް ގުޅުމަށް އަންގާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް