ޝަހުމްއާއި ޝިމާޒުގެ މައްޗަށް މަރުގެ ދައުވާ ސާބިތެއް ނުވި

އަހުސަން ބަޝީރު މަރާލުމުގެ ކުށް ނުރައްކާތެރި ކުށްވެރިޔާ އިބްރާހީމް ޝަހުމް އާދަމްއާއި ހުސައިން ޝިމާޒުގެ މައްޗަށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ކޯޓުން މިއަދު ކުރި ހުކުމު...

20 Nov 2014 | 11:05

އަހުސަން ބަޝީރު މަރާލުމުގެ ކުށް ނުރައްކާތެރި ކުށްވެރިޔާ އިބްރާހީމް ޝަހުމް އާދަމްއާއި ހުސައިން ޝިމާޒުގެ މައްޗަށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ކޯޓުން މިއަދު ކުރި ހުކުމުގައި ގާޒީ ވިދާޅުވެފައިވަނީ އަހުސަން ބަޝީރު މަރާލީ  މި ދެމީހުންކަން ސާބިތުވާ ވަރަށް ދައުަލަތަށް ހެކި ހުށަހެޅިފައި ނުވާ ކަމަށެވެ. ހުކުމުގައި ބުނެފައިވަނީ އިސްލާމީ ޝަރީއަތުގައި ޤަސްދުގައި މީހަކު މެރުމުގެ ކުށް ސާބިތުކުރެވޭނީ އެއްވެސް ޝައްކެއް ނެތި ދައުވާ ސާބިތުވާ މިންވަރަށް ހެކި ލިބިގެންކަން ސައްހަ ހަދީޘުން ސާބިތުވާތީ، މި ދައުވާ ސާބިތުކުރުމަށްޓަކައި އެމިންވަރަށް ދައުލަތުން ހެކި ގަރީނާ ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި މީހަކު މަރަން ހުކުމް ކުރާއިރު ދެ ހެކިންގެ ހެކި ބަސަ ނަގަންޖެހޭނެ ކަމަށާއި އަހުސަން މަރާލިތަން ފެނުނު ކަމަށް ކޯޓުގައި ހެކިބަސް ދީފައިވަނީ އެންމެ މީހެއް ކަމަށެވެ.

މި ދެމީހުންގެ ތެރެއިން ގ. ކޯޒީ އިބްރާހިމް ޝަހުމްގެ މައްޗަށް ކޮށްފައިވަނީ ގަސްދުގައި މީހަކު މަރާލިކަމުގެ ދައުވާއެވެ. މއ. ވީނަސްތަރި ހުސައިން ޝިމާޒުގެ މައްޗަށް ކޮށްފައިވަނީ ގަސްދުގައި މީހަކު  މަރާލުމަށް އެހީތެރިވެދިން ކަމުގެ ދައުވާއެވެ.

އަހުސަން ބަޝީރަށް ވަޅިން ހަމާލދީފައިވަނީ މާޗް 17، 2011 ވަނަ ދުވަހުގެ ރޭ ފަތި އަލިކިލޭގެފާނު މަގުގައި އެވެ. އަދި އޭނާ މަރުވެފައިވަނީ އެދުވަހު ހެނދުނު ލިބުނު ޒަހަމްތަކަށް ފަރުވާ ދެމުން ދަނިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް