ސްކޫލްތަކުގައި މަސައްކަތްތެރިކަމުގެ ތަމްރީން ހުޅުވާލެވުނީ ފުރަތަމަ ފަހަރަށް: މިނިސްޓާ

ފުރަަތަމަ ފަހަރަށް، ރާއްޖޭގެ ސްކޫލްތަކުގައި ފުޅާ ދާއިރާއެއްގައި ދަރިވަރުންނަށް ބައިވެރިވެވޭނެގޮތަށް، މަސައްކަތްތެރިކަމުގެ ތަމްރީނު ހުޅުވާލެވިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓާ ޑރ އާއިޝަތު ޝިހާމް ވިދާ...

20 Nov 2014 | 09:51

ފުރަަތަމަ ފަހަރަށް، ރާއްޖޭގެ ސްކޫލްތަކުގައި ފުޅާ ދާއިރާއެއްގައި ދަރިވަރުންނަށް ބައިވެރިވެވޭނެގޮތަށް، މަސައްކަތްތެރިކަމުގެ ތަމްރީނު ހުޅުވާލެވިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓާ ޑރ އާއިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.

ދިރާސީ އާ އަހަރު ނިމުމާއި ގުޅީގެން ދެއްވި ހިތާބުގައި މިނިސްޓާ ވިދާޅުވީ އެންމެ ދަރިވަރަކުވެސް ބާކީނުކޮށް، ކޮންމެ ކުއްޖަކަށްވެސް ބޭނުންވާ ތަޢުލީމާއި، ތަރުބިއްޔަތާއި ތަމްރީނު ފޯރުކޮށްދިނުމަށް ސްކޫލްތަކުގެ ތެރެއިން ދަރިވަރުންނަށް ލިބެންހުރި ފުރުސަތުތައް އިތުރުކޮށްދޭން ފެށިފައިވާ ކަމަށެވެ. އެގޮތުން އެ ކުއްޖަކު ޝައުގުވެރިވާ ދާއިރާއަކުން ކުރިއަށް ދިއުމުގެ ފުރުސަތު ފަހިކޮށްދީ ކޮންމެ ކުއްޖަކީވެސް ގައުމުގެ އިގްތިސާދުގައި ޝާމިލްވާންޖެހޭ ކުއްޖަކަށްވާތީ، ސްކޫލްތަކުގެ ތެރެއިން މަސައްކަތުގެ އިލްމާއި ތަޖުރިބާގެ ފުރުސަތު ފަހިކޮށްދިނުމަކީ މިހާރު ފެށިފައިވާ ކަންކަމަށް މިނިސްޓާ ވިދާޅުވި އެވެ.

ޑރ އާއިޝަތު ޝިހާމް ވިދާޅުވީ އަންނަ އަޖަރަކީ ރާއްޖޭގެ މިނިވަންކަމަށް 50 އަހަރުފުރޭ ރަންޔޫބިލްގެ އުފާވެރި މުނާސަބަތައް ވާއިރު މިނިސްޓްރީގެ އިސްވާޖިބަކީ މާތްވެގެންވާ އިސްލާމްދީނުގެ އަސާސްތައް ކުރިއަށްނެރޭ، ދިވެހި ގައުމުގެ މިނިވަންކަމާއި، ސިޔާދަތާއި އިސްތިގްލާލް ޙިޔާމަތްކުރުމަށް ތައްޔާރަށްތިބި، އިލްމީ ހުނަރުވެރި މަސައްކަތްތެރި ދަރިވަރުން ބިނާކުރުން ކަމަށެވެ.

މިނިސްޓާ އިތުރަށް ވިދާޅުވީ ދިރިއުޅުމުގައި ދިމާވާ ކަންތައްތަކާއި ގޮންޖެހުންތަކުން އަރައިގަތުމަށް ތަޢުލީމާއި ތަމްރީނާއި ތަރުބިއްޔަތަކީ ވަރަށް މުހިއްމު އެއްޗެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް