ފިރިހެނެއްގެ މޭމަތީގައި މޫނެއް އުފައްދަނީ

ފިރިހެނެއްގެ މޭމަތީގައި ބާސްކެޓު ބޯޅައަކާއި އެއްވަރު މޫނެއް އުފެއްދުމަށް ޑޮކްޓަރުންގެ ޓީމެއް މަސައްކަތް ކުރަމުން އެބަދެއެވެ. ޔަން ޖިއަންބިން ނަމަކަށް ކިޔާ މި މީހާއަކީ ކަރަންޓު ޖެހުމުގެ ސަބަބުން މޫނު ވ...

20 Nov 2014 | 08:15

ފިރިހެނެއްގެ މޭމަތީގައި ބާސްކެޓު ބޯޅައަކާއި އެއްވަރު މޫނެއް އުފެއްދުމަށް ޑޮކްޓަރުންގެ ޓީމެއް މަސައްކަތް ކުރަމުން އެބަދެއެވެ.

ޔަން ޖިއަންބިން ނަމަކަށް ކިޔާ މި މީހާއަކީ ކަރަންޓު ޖެހުމުގެ ސަބަބުން މޫނު ވަރަށް ބޮޑަށް ހަލާކު ވެފައިވާ މީހެކެވެ. ޑޮކްޓަރުން ޔަންގެ މޭމަތީގައި އިތުރު މޫނެއް ހަދަން ނިންމާފައި ވަނީ މީނާގެ އަސްލު މޫނަށް ފަރުވާ ނުދެވޭ ވަރަށް ހަލާކުވެފައި ވާތީއެވެ.

ޑޮކްޓަރުންގެ ޓީމުން ބުނާ ގޮތުގައި ޔަންގެ މޭމަތީގައި ހަދާ މޫނު ނިމޭ އިރު ހުންނާނީ އަސްލު އިންސާނެއްގެ މޫނު ހުންނަ ބައްޓަމަށެވެ.

މޭމަތީގައި ހަދާ މޫނުގެ މަސައްކަތް ފެށިތާ 6 މަސް ވެފައި ވާއިރު މި މަސައްކަތް ނިމޭނެ ކަމަށް ލަފާ ކުރެވެނީ 2 އަހަރު ފަހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް