މަރުވިކަމަށް ޑޮކްޓަރު ބުނުމުން ހޮސްޕިޓަލުގައި ހުންނަ މަރުވާ މީހުން ބާއްވާ ކޮޓަރިއަށް ލާފައި އޮތް އަންހެނަކު 11 ގަޑިއިރު ފަހުން ގެއަށް އަތުވެއްޖެއެވެ.
މަރުވި ކަމަށް ހީކޮށް ދޫކޮށްލެވުނު އަންހެން މީހާ އަކީ އުމުރުން 91 އަހަރުގެ ޔަނީނާ ކޮލްކެވިޗް އެވެ.
ޔަނީނާ މަރުނުވާކަން އެނގުނީ ހޮސްޕިޓަލުގައި މަސައްކަތް ކުރަން އުޅުނު މީހަކަށް މަރުވެފައި ތިބި މީހުންގެ ތެރެއިން މީހަކު ހަރަކާތް ކުރާހެން ހީވާތީ ބެލުމުންނެވެ.
ޔަނީނާ މަރުވިކަމަށް ނިންމި ޑޮކްޓަރު ވިއެސްލާވާ މިކަމާއި ގުޅޭގޮތުން ބުނެފައިވަނީ، ޔަނީނާ މަރުވިކަން އޭނައަށް ޔަގީން ކުރެވުނު ކަމަށެވެ. އެއީ އެ އަންހެނާގެ ހިތް ހުއްޓި ނޭވާލުންވެސް މުޅިން ހުއްޓުނީމައެވެ. ނަމަވެސް ފަހުން ކަންތައް އެ ދިމާވި ގޮތެއް އެއްގޮތަކަށްވެސް ނޭނގޭ ކަމަށް ޑޮކްޓަރު ބުންޏެވެ.
މިކަންތައް ދިމާވި ގޮތުން ޔަނީނާގެ އާއިލާ މީހުންވެސް ތިބީ ވަރަށް ހައިރާން ވެފައެވެ. ޔަނީނާ ގެއަށް އައިއިރު ވަޅުލުމުގެ ތައްޔާރީތައް ވެސް ދިޔައީ ކުރަމުންނެވެ.
މިކަން ހިނގާ ދިޔަގޮތް ތަހުގީގު ކުރުމަށް ފުލުހުން މިހާރުދަނީ މަސައްކަތް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް