ރިސޯޓު ހަދަން ފަސް ރަށެއް ބީލަމަށް ހުޅުވާލައިފި

އުތުރުގެ ދެ އަތޮޅަކުން ފަސް ރަށެއްގައި ޓޫރިސްޓް ރިސޯޓު ތަރައްގީ ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. ޓޫރިޒަމް މިނިސްޓްރީން އަލަށް ރިސޯޓު ހަދަން ހުޅުވާލީ ހދ....

20 Nov 2014 | 07:38

އުތުރުގެ ދެ އަތޮޅަކުން ފަސް ރަށެއްގައި ޓޫރިސްޓް ރިސޯޓު ތަރައްގީ ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އަލަށް ރިސޯޓު ހަދަން ހުޅުވާލީ ހދ. ކަނަމަނާއާއި ދިއްޕަރުފުއްޓާއި ކުޑަފަރު ފަސްގަނޑުގެ އިތުރުން އެ އަތޮޅުގައި އޮންނަ ފަޅެއްގެ އިތުރުން ށ. ބޮލިއްސަފަރެވެ.

ޓޫރިޒަމް މިނިސްޓްރީ އިން ބުނީ އެ ރިސޯޓްތައް ހެދުމަށް ޝައުގުވެރިވާ ފަރާތްތަކުން އެ ފަރާތެއްގެ ޕްރޮފައިލް އާއި ޝައުގުވެރިކަން ހުށަހަޅާ ފަރާތަކީ ޓޫރިސްޓް ރިސޯޓު ތަރައްގީކޮށް ހިންގުމުގައި ތަޖުރިބާ ހުރި ފަރާތެއްނަމަ އެކަން އަންގައިދޭ ލިޔުންތަކާއި ޝައުގުވެރިކަން ހުށަހަޅާ ފަރާތަކީ ޓޫރިސްޓް ރިޒޯޓް ތަރައްގީކޮށް ހިންގުމުގެ މާލީ ގާބިލުކަން ހުރި ފަރާތެއްކަން އަންގައިދީ ބޭންކަކުން ދީފައިވާ ލިޔުން ހުށައަޅަން ޖެހޭނެ ކަމަށެވެ. ބީލަން ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ އަންނަ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހެވެ.

މިއަދު ބީލަމަށް ހުޅުވާލި ރަށްތަކުގެ ތެރެއިން ހދ. އަތޮޅުގެ ކުޑަފަރުފަސްގަނޑާއި ފަޅުގެ އިތުރުން ކަނަމަނާ ތަރައްގީ ކުރަންޖެހެނީ އެއް ޕްރޮޖެކްޓެއްގެ ދަށުންނެވެ.

ހދ އަތޮޅާއި ށ. އަތޮޅުގައި ރިސޯޓު ހެދުމަށް ބީލަމަށް ހުޅުވާލާފައިމިވަނީ މީގެ ދެ ތިން ދުވަސް ކުރިން ފަސް ރަށެއްގައި ރިސޯޓު ހެދުމަށް ހުޅުވާލުމަށް ފަހު އެ ބީލަން އިއްޔެ ބާތިލް ކުރުމަށް ފަހު އެވެ. އިއްޔެ ބާތިލް ކުރި ރަށްތަކުގެ ތެރޭގައި މިއަދު އަލުން ހުޅުވާލާފައިވާ ހދ. ދިއްޕަރުފުއްޓާއި ށ. ބޮލިއްސަފަރު ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް