ފްލައިމީގެ ބޯޓެއްގައި ހާސްވެގެން މީހަކު މަރުވެއްޖެ

ވިލާ އެއާގެ ފްލައިމީގެ ފްލައިޓެއްގެ ތެރޭގައި ދިވެއްސަރު މަރުވެއްޖެ އެވެ. ފްލައިމީން ބުނީ މަރުވެފައިވަނީ ގއ ވިލިނގިލީ ޝާހިދާ ހަސަން 59 އަހަރު ކަމަށެވެ. މިހާދިސާ ހިނގާފައިވަނީ ރޭ އިބްރާހިމް ނާސިރު އިންޓ...

20 Nov 2014 | 06:09

ވިލާ އެއާގެ ފްލައިމީގެ ފްލައިޓެއްގެ ތެރޭގައި ދިވެއްސަރު މަރުވެއްޖެ އެވެ.

ފްލައިމީން ބުނީ މަރުވެފައިވަނީ ގއ ވިލިނގިލީ ޝާހިދާ ހަސަން 59 އަހަރު ކަމަށެވެ.

މިހާދިސާ ހިނގާފައިވަނީ ރޭ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)އިން ފުރައިގެން ގއ ކޫއްޑޫއަށް ދިޔަ ފްލައިމީގެ ފްލައިޓެއްގެ ތެރޭގައި އެވެ.

އެ ކުންފުނިން ބުނީ ރޭ ގާތްގަނދަކަށް 07:19 ގައި ފުރި ފްލައިޓް ތެރޭގައި އިންދާ ޝާހހިދާ ނޭވާ ހާސްވާ ކަމަށް އެންގުމުން ވަގުތުން ފްލައިޓުން ދެވެން ހރި ފަރުވާ ދޭން ފަށާފައިވާ ކަމަށެވެ. އަދި އިތުރު ފަރުވާ ބޭނުންވާކަން އެނގުމުން ވަގުތުން އަނބުރާ އައިއެންއައިއޭއަށް އެމަޖެންސީކޮށް ޖެއްސީ 07:55 އެހާއިރު ކަމަށެވެ.

އެ ކުންފުނިން ބުނީ ޝާހިދާ މަރުވެފައިވާކަން އެ ކުންފުންނަށް އެއާޕޯޓުގެ އެމަޖެންސީ ރޫމުން އެންގީ 08:45 އެހާއިރު ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް