އައިއެސް އާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ފްލީޓަށް ފްރާންސުން 6 ޖެޓް އިތުރު ކުރަނީ

އިރާގާއި ސޫރިޔާގައި ވަކި ހިލާފަތެއް އިއުލާނު ކުރުމަށްފަހު އެ ހިލާފަތު ވަރުގަދަ ކޮށް ދެމެހެއްޓުމަށް ހަނގުރާމަ ކުރަމުން އަންނަ އައިއެސް ޖަމާއަތާ ދެކޮޅަށް އެމެރިކާއިން އިއުލާނު ކޮށް، ކުރަމުން އަންނަ ހަނގ...

20 Nov 2014 | 03:38

އިރާގާއި ސޫރިޔާގައި ވަކި ހިލާފަތެއް އިއުލާނު ކުރުމަށްފަހު އެ ހިލާފަތު ވަރުގަދަ ކޮށް ދެމެހެއްޓުމަށް ހަނގުރާމަ ކުރަމުން އަންނަ އައިއެސް ޖަމާއަތާ ދެކޮޅަށް އެމެރިކާއިން އިއުލާނު ކޮށް، ކުރަމުން އަންނަ ހަނގުރާމައިގެ ފްލީޓަށް ހަނގުރާމަމަތީ އިތުރު 6 ޖެޓް ފޮނުވާނެ ކަމަށް ފްރާންސްގެ ދާހިލީ ވަޒީރު އިއްޔެ ހާމަކޮށްފިއެވެ.

ދާހިލީ ވަޒީރު ޖީން ލެ ޑްރިއަން ބުނީ އައިއެސްއާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައިގެ ފްލީޓްގައި މިހާރުވެސް ހަނގުރާމަމަތީ 12 ޖެޓު ފްރާންސުން ބައިވެރިކޮށްފައިވާކަމަށެވެ.

ދާހިލީ ވަޒީރު މިހެން ބުނެފައިވާއިރު އެގައުމުގެ ބޮޑު ވަޒީރު މެނުއަލް ވޯލްސް ބުނެފައިވަނީ އައިއެސް އާ ދެކޮޅަށް ކުރާ ހަނގުރާމައިގާ 50 އާ ގާތް ކުރާ އަދަދަކަށް ފްރާންސް ސިފައިން މަރުވެފައިވާކަމަށެވެ.

ބޮޑުވަޒީރު އިތުރަށް ބުނެފައިވަނީ މަރުވެފައިވާއިރު ފްރާންސުންވެސް މަސައްކަތްކުރަމުން އަންނަ އަންނަނީ ދުނިޔެއިން ޓެރަރިޒަމް ނައްތާލަން ކަމަށާއި ޓެރަރިޒަމް ނައްތާލަން ކުރާ ކޮންމެ މަސައްކަތެއްގައި ފްރާންސުން އެއްބާރުލުން ދޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް