ގުދުސްގައި އިތުރު 78 ގެ އެޅުމަށް އިޒްރޭލުން ނިންމައިފި

އިރުމަތީ ގުދުސްގައި އިތުރު 78 ގެ އެޅުމަށް އިޒްރޭލުން އިއްޔެ ނިންމާފައިވާކަމަށް ރޮއިޓާސް އިން ރިޕޯޓް ކޮށްފިއެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުން ގުދުސްގެ މުނިސިޕަލް ޕްލޭނިން ކޮމިޓީން ހުއްދަ ދީފައިވަނީ ގުދ...

20 Nov 2014 | 03:11

އިރުމަތީ ގުދުސްގައި އިތުރު 78 ގެ އެޅުމަށް އިޒްރޭލުން އިއްޔެ ނިންމާފައިވާކަމަށް ރޮއިޓާސް އިން ރިޕޯޓް ކޮށްފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން ގުދުސްގެ މުނިސިޕަލް ޕްލޭނިން ކޮމިޓީން ހުއްދަ ދީފައިވަނީ ގުދުސްގެ ހަރް ހޯމާ ގައި 50 ގެ އަދި ރާމޮތުގައި 28 ގެ އެޅުމަށެވެ.

އިޒްރޭލުގެ މި ނިންމުމާ ގުޅޭގޮތުން ފަލަސްތީނު ރައީސްގެ ތަރުޖަމާނު ނާބިލް އަބޫ ރަދައިނާ ބުނެފައިވަނީ އިޒްރޭލުން މިވަގުތު މިފަދަ ނިންމުމެއް ނިންމުމުންވެސް ދޭހަވެގެންދަނީ އިޒްރޭލުން ސުލްހައަށް ލޯބި ނުކުރާ ކަން ކަމަށެވެ. އަދި މިކަމުން ދޭހަ ކޮށްދެނީ ފަލަސްތީނުގެ ރައްޔިތުންގެ ކަންބޮޑުވުން އިތުރު ކުރުމަށް އިޒްރޭލުން ބޭނުންކުރާ ޕޮލިސީ ކަމަށްވެސް އަބޫ ރަދައިނާ ބުނެއެވެ.

ދާދިފަހުން ގުދުސްގައި 4000 ގެ އަޅަން ނިންމުމުން އެ ސަރަހައްދުގައި ޔަހޫދީންނާއި މުސްލިމުންނާ ދެމެދު މަސްރަހް ވަނީ ގޯސްވެފަ އެވެ. މަސްރަހް ދިރާސާ ކުރާ ފަރާތްތަކުން ބުނާގޮތުން އިޒްރޭލުން ނިންމާ މިފަދަ ނިންމުންތަކުން އެ ސަރަހައްދުގެ މަސްރަހް އިތުރަށް ގޯސްވެ އިތުރު ހަނގުރާމައެއް ފެށިގެން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް