ރައީސް މުޢިއްޒު ޕާކިސްތާނަށް ވަޑައިގެންފި

20 Oct 2026 | 15:04
ރައީސް މުޢިއްޒު ޕާކިސްތާނަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޕާކިސްތާނަށް ވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި، ރައީސާއި ފުރަތަމަ އަންހެނުން އިސްލާމާބާދު އިންޓަނޭޝަނަލް އެއަރޕޯޓަށް ވަޑައިގަތުމުން 21 ބަޑީގެ ސަލާމެއް ޖަހައި މަރުހަބާ ދަންނަވާފައިވެއެވެ.

ރައީސަށް ރަސްމީ ގޮތުން މަރުހަބާ ދަންނަވާނީ މާދަމާއެވެ. އެ ރަސްމިއްޔާތު ބާއްވާނީ ޕާކިސްތާނުގެ ބޮޑުވަޒީރުގެ ރަސްމީ ގެ ކަމުގައިވާ ޕްރައިމް މިނިސްޓަރސް ހައުސްގައި ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

ރައީސް މި ދަތުރުފުޅު ކުރައްވަނީ ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ޝަހްބާޒް ޝަރީފްގެ ދައުވަތަކަށެވެ. 2026 ވަނަ އަހަރުގެ އޮކްޓޫބަރު 20 އިން 22 އަށް ހިނގާ މި ރަސްމީ ދަތުރުފުޅު ނިމޭނީ ބުދަ ދުވަހުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް