ދީޕިކާ އާއި ރަންބީރުގެ އާއިލާ --
ބޮލީވުޑުގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ދީޕިކާ ޕަދުކޯން އާއި ރަންވީރު ސިންގަށް ލިބުނު ދެ ވަނަ ދަރިފުޅުގެ ނަން ހާމަކޮށްފި އެވެ.
ދީޕިކާ ވިހާފައިވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހު އެވެ. މި ދެމަފިރިން ވަނީ ދަރިފުޅުގެ ފައިގެ ނިޝާނެއް ހިމެނޭ ފޮޓޯއަކާ އެކު އިންސްޓަގްރާމް މެދުވެރިކޮށް ދެ ވަނަ ދަރިފުޅު ލިބުނު ޚަބަރު ޖެހިގެން އައި ދުވަހު ހާމަކޮށްފައެވެ.
މިއަދު ދީޕިއާ އާއި ރަންބީރު ގުޅިގެން އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ދެވަނަ ދަރިފުޅުގެ ނަމަކީ ދޭވީ ޕަދުކޯން ސިންގް ކަމަށެވެ. އެ ޕޯސްޓުގައި ދެމަފިރިންނާއި ދެ ދަރިން އެކުގައި ތިބި ފޮޓޯއެއް ހިއްސާކޮށްފައި އެވެ.
ނަމަވެސް ދެ ވަނަ ދަރިފުޅުގެ މޫނު އަދި ނުދައްކަ އެވެ. ދީޕިކާ އާއި ރަންވީރަށް ފުރަތަމަ ދަރިފުޅު ދުއާ ޕަދުކޯން ސިންގް ލިބުނީ އަށެއް ސެޕްޓެމްބަރު 2024 ގައި އެވެ.
ދީޕިކާ އާއި ރަންވީރު ކައިވެނިކޮށްފައިވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު 14 ވަނަ ދުވަހު އިޓަލީގެ ލޭކް ކޯމޯ ގައެވެ. މި ދެ ތަރިންގެ ލޯބީގެ ގުޅުން ފެށިފައިވަނީ 2013 ވަނަ އަހަރު ގޯލިޔޯން ކީ ރާސްލީލާ ރާމް ލީލާގެ ޝޫޓިންގެ ތެރެއިންނެވެ.
އެތައް އަހަރެއް ވަންދެން ރައްޓެހިވެގެން އުޅުމަށް ފަހު 2015 ވަނަ އަހަރު ސިއްރިއްޔާތުގައި އެންގޭޖް ވީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް