ދ. މީދޫގައި ޑްރަގް ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފި

20 Oct 2026 | 11:42
މީދޫއިން ހައްޔަރު ކުރި މީހާ --

މީދޫއިން ހައްޔަރު ކުރި މީހާ --

ދ. މީދޫގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި އެ ރަށު 32 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް، ކޯޓުން އޭނާ 10 ދުވަހަށް ބަންދުކޮށްފިއެވެ.

ހައްޔަރުކޮށްފައިވަނީ ދ. މީދޫ، ދިގަލި، ހަމްދޫން އަބްދުލްވާހިދެވެ. އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މަސްތުވާތަކެތި ބޭނުންކުރުމާއި، އެ ތަކެތީގެ ވިޔަފާރިކުރުމެވެ.

ފުލުހުން ބުނާ ގޮތުގައި، އާދިއްތަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މީދޫގެ މަގުމަތިން ހަމްދޫން ހުއްޓުވައި ބަލައިފާސްކުރިއެވެ. އޭރު އޭނާގެ އަތުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 19 ރަބަރު ޕެކެޓާއި ސެލޯފިން ކޮޅެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ހައްޔަރުކުރުމަށްފަހު ބަންދާމެދު ގޮތެއް ނިންމުމަށް ހަމްދޫން ކޯޓަށް ހާޒިރުކުރުމުން، އޭނާ 10 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ހަމްދޫންގެ ބަންދުގެ މުއްދަތު ހަމަވާނީ އަމުރު ނެރުނު ދުވަހުން ފެށިގެން 10 ދުވަސް ފަހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް