އެމެރިކާގެ ކޮލަމްބަސްގައި މިސްކިތެއްގެ ކައިރީގައި ބަޑި ޖަހައި މީހަކު މަރާލައިފި

20 Oct 2026 | 11:25
އެމެރިކާގެ ކޮލަމްބަސްގައި މިސްކިތެއްގެ ކައިރީގައި ބަޑި ޖަހައި މީހަކު މަރާލައިފި

އެމެރިކާގެ އޮހަޔޯ ސްޓޭޓުގެ ކޮލަމްބަސް ސިޓީގައި ހުރި މިސްކިތެއްގެ ކައިރީގައި ހިނގި ބަޑިޖެހުމެއްގައި މަދުވެގެން އެކަކު މަރުވެއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.

ރިޕޯޓުތައް ބުނާގޮތުގައި މި ހަމާލާ މިސްކިތެއް ކައިރީގައި ދިން ނަމަވެސް އެއީ މިސްކިތާއި ގުޅުން ހުރި ހަމަލާއެއް ނޫން ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ކޮލަމްބަސް ފުލުހުންނާއި ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި މި ހަމަލާ މިސްކިތްކައިރީ ދިނީ އެ ސަރަހައްދުގައި ހުރި އެޕާޓްމެންޓެއްގެ ތެރޭގައި ހިނގި ހަމަނުޖުމެއްގެ ތެރޭގައި އެއްބަޔަކު ނުކުމެގެން ދަނިކޮށް ބަޑި ޖެހުމުންނެވެ.

ފުލުހުން އެހެން ބުނި ނަމަވެސް އެ ސަރަހައްދުގައި ދިރިއުޅޭ މުސްލިމުންދަނީ އެއީ މިސްކިތަށް އަމާޒު ކުރެވިގެން ދެވުނު ހަމަލާއެއް ނޫންކަން ކަށަވަރުކޮށްދިނުމަށް ފުލުހުންގެ ކިބައިން އެދިފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް