މާލޭ ސްކޫލްތައް ހިމެނޭ ސަރަހައްދުގައި ފުލުހުން ޓްރެފިކް ބަލަހައްޓަނީ -- ފޮޓޯ: ސަން
މާލޭގެ ސެކަންޑަރީ ސްކޫލްތަކުގައި މާދަމާ އައިޖީސީއެސްއީގެ އިނގިރޭސި ލިސަނިންގ އިމްތިޙާނު ހިންގާ ވަގުތު، އެ ސްކޫލްތައް ހިމެނޭ މަގުތައް ބަންދު ކުރާނެ ކަމަށް ފުލުހުން ބުނެފި އެވެ.
އެހެން އަހަރުތަކެކޭ އެއްގޮތަށް ސްކޫލްތައް ހިމެނޭ ސަރަހައްދުގެ މަގުތައް ބަންދު ކުރަނީ ދަރިވަރުންނަށް ހުރަސްނޭޅޭ ގޮތް ހެދުމަށެވެ.
ފުލުހުން ބުނި ގޮތުގައި، މަގުތައް ބަންދުކުރާނީ ހެނދުނު 09:15 އިން 10:30 އަށެވެ. އެ ގަޑިތަކުގައި ސެކަންޑަރީ ސްކޫލްތައް ހުރި ސަރަޙައްދުތަކުން ޢާންމުން ދަތުރުކުރުމުގެ ހުއްދައެއް ނުލިބޭނެ ކަމަށް ފުލުހުން ބުނެއެވެ.
ސްކޫލްތަކާ ކައިރީގައި ދިރިއުޅޭ މީހުންނާއި އެ ސަރަޙައްދުތައް ބޭނުންކުރާ ހުރިހާ ފަރާތްތަކަކަށް، އިމްތިޙާނު ހިނގާ ވަގުތު ދަރިވަރުންނަށް ހުރަސްއެޅޭ ފަދަ ކަންކަމުން ދުރުހެލިވުމަށް ފުލުހުން އެދިފައިވެއެވެ. މި ގޮތުން، އިމާރާތްކުރުމުގެ މަސައްކަތް ފަދަ އަޑު ގަދަވާ ކަންކަން ނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފައިވެ އެވެ.
މަގުތައް ބަންދުކުރުމުން ރައްޔިތުންނަށް ދިމާވާނެ ދަތިތަކަށް ފުލުހުން މަޢާފަށް އެދިފައިވާއިރު، މިފަދަ ކަންކަމުގައި ޢާންމުން ދެއްވާ އެއްބާރުލުމަށް ޝުކުރުވެސް އަދާކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް