ދަތި ވަގުތުތަކުގައި ހިތްވަރު ގެއްލުނަ ނުދިނުމަށް ސިކުނޑި ތަމްރީނު ކުރަންޖެހޭ ކަމަށް ތަޖުރިބާކާރުން ބުނޭ --
ހަށިގަނޑުގެ ވަރުގަދަކަމުން ތިބާ ދަތުރެއްގެ ފެށުމަށް ގެންދެވިދާނެ އެވެ.
ނަމަވެސް ދެން ކުރިމަތިވާ ކަންކަމާ އަމިއްލައަށް ކުރިމަތިލާނެ ގޮތް ގިނަފަހަރަށް ކަނޑައަޅަނީ ސިކުނޑީގެ ވަރުގަދަކަމުންނެވެ. ހުރިހާ ކަމެއް ރޭވިފައިވާ ގޮތަށް ދާއިރު ހަމަޖެހިގެން ހުރުން ފަސޭހައެވެ. ހަގީގީ އިމްތިހާނު ފެށެނީ މޫސުން ބަދަލުވެ، ތާވަލު ފުނޑިގެންދާ ނުވަތަ އޮކްސިޖަން މަދުވަން ފަށާ ވަގުތުގައެވެ.
އެފަދަ ހާލަތްތަކުގައި ސާފުކޮށް ވިސްނައި، ދިމާވާ ހާސްކަން ކޮންޓްރޯލްކޮށް، ދެން ކުރަންޖެހޭ ކަމެއް ދެނެގަތުމުގެ ގާބިލްކަން އަމިއްލަ ހަށިގަނޑުގައި ހުންނަން ވާނެ އެވެ. ސިކުނޑި ހަމަޖެހުން ބިނާވަނީ ވެސް ހަށިގަނޑުގެ ހަމަޖެހުން ބިނާވާ ގޮތަށެވެ. އެއީ ތަމްރީނާއި، ތަކުރާރުކުރުމާއި، އުނދަގޫ ހާލަތް ވަގުތުން ފިލުވާލަން ނޫޅެ އެކަމާއެކު ކެތްތެރިވާން ދަސްކުރުމުން ލިބޭ އެއްޗެކެވެ.
ހުރިހާ ހާސްކަމާއި ތަކުލީފަކީ ގެއްލުން ހުރި އެއްޗެއް ނޫނެވެ. ދިގު މުއްދަތަކަށް ދެމިއޮންނަ، ތަހައްމަލް ނުކުރެވޭ ހާސްކަމުގެ ސަބަބުން ގެއްލުން ލިބިދާނެ އެވެ. ނަމަވެސް، ކޮންމެ ދުވަހަކު ކުރިމަތިވާ ކުދިކުދި ތަކުލީފުތަކުގެ ދައުރު ތަފާތެވެ. ގިނަ ފަހަރަށް އެއީ ދަތި ކަމެއް ދަސްކުރުމުގެ ނުވަތަ އާ ކަމެއް ތަޖުރިބާކުރުމުގެ ބައެކެވެ.
އެފަދަ ހާލަތެއްގައި އަމިއްލައަށް ހެދެނީ ގޯހެއް ކަމެއް ކަށަވަރެއް ނުވެއެވެ. އެ ހާލަތާއި އެކު ކެތްކޮށްގެން ހުންނަނަމަ އަމިއްލަ މީހާ ރައްދުދޭ ގޮތް ބަދަލުވަން ފަށާނެއެވެ. ކޮންމެ ދަތި ވަގުތަކީ ކުއްލި ހާލަތެއް ކަމުގައި ނުބަލައި، ސަމާލުކަން ދޭންޖެހޭ ކަންކަން ދެނެގަތުމަށް އަމިއްލައަށް ގާބިލް މީހަކަށް ވާން ޖެހެ އެވެ. އިތުބާރު އުފެދެނީ އެގޮތުންނެވެ. އެއީ ހުރިހާ ކަމެއް ފަސޭހައިން ދާނެ ކަމަށް ހީނުކޮށް، ކަންތައް ރޭވިފައިވާ ގޮތަށް ނުދިޔަޔަސް އެކަންކަމާއި ކުރިމަތިލާން ދަސްކުރުމެވެ.
ނުބައި ނަތީޖާއެއް ލިބުމަކީ ފެއިލްވުމުގެ ވާހަކަ ދައްކަން ޖެހޭ ހިސާބެއް ނޫނެވެ. އެއީ ހަމައެކަނި މަޢުލޫމާތަކަށް ވެދާނެއެވެ. ކަމެއް ގޯސްވުމުން، ވާން ޖެހުނު ގޮތާ މެދު ވިސްނަން ގިނަ ވަގުތު ހޭދަކުރާ ހިތްވުމަކީ އާދައެކެވެ. ނަމަވެސް އެއަށްވުރެ ފައިދާހުރި ގޮތަކީ ހަގީގަތުގައި ހިނގި ގޮތަށް ބަލައި އެކަމުން ފިލާވަޅު ލިބިގަނެ ކުރިޔަށް ދިއުމެވެ.
ގޯސްކޮށް ހިނގި ކަމަކާއި ބެހޭގޮތުން ހަމައެކަނި ވިސްނާލާނީ ގޯސްކޮށް ހިނގީ ކޮން ކަމެއްތޯއާއި ކަމުގެ ހަގީގަތަކީ ކޮބައިތޯއެވެ. ދެން އަމިއްލައަށް އަސަރުކުރާ ކަންކަމާއި ނުކުރާ ކަންކަން ވަކިކުރާށެވެ. އެއަށްފަހު އެކަމުން ލިބޭ ފިލާވަޅައިގެން ކުރިޔަށް އޮތްތަނުގައި ކަންކުރާނެ ގޮތަކާއި މެދު ވިސްނުމަށް ފަހު އެ ގޯސްވީކަން ހިތާއި ސިކުނޑިން ފޮހެލާށެވެ.
މިގޮތަށް ވިސްނުމުން ކެތްތެރިކަމާ މެދު ޚިޔާލު ވެސް ބަދަލުވެއެވެ. އެއް ގޮތަކަށް ދިރިއުޅުން ކުރިއަށް ދިއުމަކީ ހިތްވަރެއް ނޫނެވެ. ބައެއް ފަހަރު ކުރިއަށްދާން ބާރުއަޅަން ޖެހޭނެއެވެ. ބައެއް ފަހަރު މަގު ބަދަލުކުރަން ޖެހޭނެއެވެ. ސިކުނޑީގެ ވަރުގަދަކަމަކީ ހާލަތަށް ބޭނުންވަނީ އެއިން ކޮންގޮތެއްކަން ދެނެގަތުމުގެ ވިސްނުމެވެ.
ސިކުނޑީގެ ފިޓްނަސް ރަނގަޅުވަނީ ތަކުރާރުކޮށް ކުރާ ކުދިކުދި މަސައްކަތްތަކުންނެވެ. އެކަމަށް މަސައްކަތްކުރަން ބޮޑު ގޮންޖެހުމެއް އަންނަންދެން މަޑުކުރަން ނުޖެހެއެވެ. އިންޑިއާގެ މެންޓަލް ހެލްތްގެ ތަޖުރިބާކާރެއް ކަމަށްވާ ޑރ. މިހިރްކާންތް އުޕަދްޔާޔާ ހިއްސާކުރި ޢަމަލީ އާދަތަކުގެ ތެރޭގައި މުހިންމުކަންތައްތަކެއް ހިމެނެ އެވެ.
އޭނާ ބުނިގޮތުގައި ކަމާ ހާސްވެ ފިކުރު ބޮޑުވާނަމަ އެކަމަކާއި މެދު އަމިއްލަ ނަފްސާ އުވާލު ކުރާށެވެ. މިއީ ފިޔަވަޅެއް އަޅަންން ބޭނުންވާ ހަގީގީ މައްސަލައެއްތޯ ސުވާލުކޮށް އަމިއްލައަށް ވިސްނާލާށެވެ. އޭނާ ބުނިގޮތުގައި އެކަންކަމާއި މެދު ވިސްނުމަށް ފަހު މާގިނަ އިރު ހުސްވަގުތު ހޭދަ ނުކުރުން މުހިންމެވެ. މާބޮޑަށް ވިސްނަން ޖެހޭ ކަމެއް ނަމަ 10 ވަރަކަށް މިނެޓަށް އެ ވިސްނުންތަކާއި ދުރުވެ އެހެން ކަމެއްގައި އުޅުމަށް ފަހު އަލުން ވިސްނަން ފެށުން މުހިންމު ކަމަށް ބުނެ އެވެ.
ދެން ސަމާލުކަން ދޭންވީ ކަމަކާއި މެދު ވިސްނުން މުހިންމުކަން ފާހަގަ ކުރި އެވެ. ޑރ. މިހިރްކާންތު ބުނިގޮތުގައި ކުރިޔަށްދާން ބޭނުންވާ ކަމަށް ފޯކަސްކުރުމަކީ ތަމްރީނެއް ކަމަށާއި ބުރަ މަސައްކަތްތަކަށް ހުރަހެއް ނާންނަ ވަގުތެއް ވަކިކޮށް، ސަމާލުކަން ދެމެހެއްޓުމުގެ ޤާބިލުކަން ރަނގަޅުވަމުން ދާ ވަރަކަށް މަޑުމަޑުން އެ ވަގުތު ދިގުކުރެވިދާނެ ކަމަށެވެ، ހާސްކަމުގެ ތެރެއަށް ވަންނަން ޖެހުނު މައްސަލައިން ދުރުވުމަށް އޮފީހުގެ ބުރަ މަސައްކަތުން ދުރުވެލައި ފޯނާ ދުރުވެލުންވެސް އެއީ ކުރެވިދާނެ ކުދިކުދި ކަންކަން ކަމަށް ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް