ތިނަދޫ ސިޓީގައި ބަނގުރަލުގެ ވިޔަފާރި ކުރުމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހާ -- ފޮޓޯ: ޕޮލިސް
ތިނަދޫ ސިޓީގައި ބަނގުރާ އުފައްދައިގެން ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ރިހިކޮކާގެ / ގދ. ތިނަދޫ މުޙައްމަދު އަފާޒު ބިން ޢަބްދުﷲ (21އ) ކަމަށެވެ. ފުލުހުން ތުހުމަތު ކުރާ ގޮތުގައި އޭނާއަކީ މި ނެޓްވޯކްގައި އިސްކޮށް ހަރަކާތްތެރިވާ މީހާއެވެ.
އަފާޒު ހައްޔަރުކޮށްފައިވަނީ ތިނަދޫ ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި މިމަހުގެ 18 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ. ހައްޔަރު ކުރުމަށް ފަހު އިއްޔެ ކޯޓަށް ހާޒިރު ކުރުމުން އެމީހާގެ ބަންދަށް 15 ދުވަސް ޖަހާފައިވެ އެވެ.
ފުލުހުން ބުނީ މި މައްސަލައިގަ ތިނަދޫ ފުލެޓެއް ބަލައިފާސްކުރިއިރު ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ސާމާނާއި، ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި 20 ލީޓަރުގެ ތިންހަމާއި ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 5 ލީޓަރުގެ ފުޅިއެއް ފެނިފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް