ސުނާމީ ބިނާއިން ފެށިގެން ސޯޝަލް ސެންޓަރާއި ހަމައަށް މަގު ބަންދު ކުރާތީ އުޅަނދުތައް ނަގަން އަންގައިފި

19 Oct 2026 | 17:30
ސުނާމީ ބިނާ ސަރަހައްަދު --

ސުނާމީ ބިނާ ސަރަހައްަދު --

ސުނާމީ ބިނާއިން ފެށިގެން ސޯޝަލް ސެންޓަރާއި ހަމައަށް މަގު ބަންދު ކުރާތީ އެ ސަރަހައްދުގައި ހުރި އުޅަނދުތައް ނަގަން އަންގައިފި އެވެ.

އެ ސަރަހައްދު މަރާމާތު ކުރުމުގެ މަސައްކަތް ކުރަނީ ބޮޑުތަކުރުފާނު މަގު މަރާމާތު ކުރުމުގެ މަޝްރޫއުގެ ދަށުންނެވެ.

ފުލުހުން މިއަދު ސޯޝަލް މީޑިއާގައި ބުނީ މިރޭ 12:00 އިން ފެށިގެން އެ ސަރަހައްދު އެއްގަމު އުޅަނދު ފަހަރަށް ބަންދު ކުރެވޭނެ ކަމަށެވެ. އަދި ޓްރެފިކް ފްލޯއަށްވެސް ބަދަލު ގެނެސްފައިވާ ކަމަށް ބުނެ އެވެ،

އެ ބަދަލުގެ ސަބަބުން ދަތުރުފަތުރުކުރާ މީހުންނަށާއި އާންމު ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް މައާފަށް އެދޭ ކަމަށާއި، އެފަދަ ކަންކަމުގައި އާންމުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކޮށް މަރާމާތުކުރުމުގެ ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއި އެވެ. އެ މަޝްރޫއުގެ ދަށުން އެ މަގުގައި ބޮޑު ސަރަހައްދެއް މިހާރު ވަނީ ތަރައްގީކޮށް ނިމިފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް