ސިނގިރޭޓު މައްސަލަ: ކުށާއި މުއާޒާ ގުޅުވައިނުލެވޭނެކަމަށް ވަކީލު ފާހަގަކުރި ނަމަވެސް ޤާޟީ ޤަބޫލުކުރެއްވީ އެ މިންވަރަށް ހެކި ހުށަހަޅާފައިވާކަމަށް

އެމްޕީއެލްގެ ހުޅުމާލެ ޕޯޓުގައި ހުއްޓާ ވަގަށްނެގި ސިނގިރޭޓު ދެ ކޮންޓޭނަރުގެ މައްސަލައިގާ ހައްޔަރުކޮށްފައިވާ މުއާޒް އަލީގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ. އޭނާގެ ބަންދަށް ކުރިން ޖެހި ފަސް ދުވަހުގެ ބ...

20 Oct 2025 | 16:27
މުއާޒް އަލީ -

މުއާޒް އަލީ -

އެމްޕީއެލްގެ ހުޅުމާލެ ޕޯޓުގައި ހުއްޓާ ވަގަށްނެގި ސިނގިރޭޓު

ދެ ކޮންޓޭނަރުގެ މައްސަލައިގާ ހައްޔަރުކޮށްފައިވާ މުއާޒް އަލީގެ ބަންދުގެ މުއްދަތު

އިތުރުކޮށްފިއެވެ.

އޭނާގެ ބަންދަށް ކުރިން ޖެހި ފަސް ދުވަހުގެ

ބަންދުގެ މުއްދަތު ހަމަވުމުން ބަންދުގެ މުއްދަތު އިތުރު ކުރުމަށް މިއަދު ކޯޓަށް

ހާޒިރުކުރިއެވެ. ހާޒިރު ކުރުމުން މިއަދުން ފެށިގެން 10 ދުވަހުގެ ބަންދުގެ

މުއްދަތެއް ކްރިމިނަލް ކޯޓުން ޖަހައިދީފައިވެއެވެ.

މުއާޒްގެ ބަންދު އަމުރުގެ އިތުރު ބަޔާނުގައި

ބުނެފައިވަނީ އޭނާގެ ހައްޔަރާއިމެދު އެންމެ ފުރަތަމަ ބޭއްވުނު މަޖިލީހުގައި ގޮތެއް

ނިންމާފައިވީނަމަވެސް، ހައްޔަރާއި ގުޅޭ އިޖުރާއީ ނުކުތާތަކެއް އޭނާގެ ވަކީލުގެ

ފަރާތުން ފާހަގަކޮށްފައިވާކަމަށެވެ. ނަމަވެސް ވަކީލުގެ ފަރާތުން ފާހަގަކުރި

ނުކުތާތަކާއި ގުޅިގެން، އޭނާގެ ހައްޔަރު އިޖުރާއަތު ގޯސްކަމަށް ކަނޑައެޅިދާނެފަދަ

ޤާނޫނީ ނުކުތާއެއް ވަކީލަށް ހުށަހެޅިފައިވާކަމަށް ނުފެންނަ ކަމަށެވެ.

"މީނާއާއި ދެކޮޅަށް ހުށަހަޅާފައިވާ ބަޔާންތަކުގައި

ހުރި ތަފްސީލީ ވާހަކަތަކަށް ބަލާއިރު ތުހުމަތު ކުރެވޭ މިންވަރު ހެކި ހުރިކަމަށް ބެލެވޭ،

މީނާ މި ކުށާއި ގުޅުވައިނުލެވޭނެކަމަށް ވަކީލު ފާހަގަކުރިނަމަވެސް، އެ މިންވަރަށް

ފުލުހުންގެ ފަރާތުން ހެކި ހުށަހަޅާފައިވާކަމަށް ޤަބޫލުކުރެވޭ" ބަންދު

އަމުރުގެ އިތުރު ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ބަންދު އަމުރުގެ އިތުރު ބަޔާނުގައި އިތުރަށް

ބުނެފައިވަނީ ތުހުމަތު ކުރެވިފައިވަނީ ޖިނާއީ ބޮޑު ކުށަކަކަށް ކަމަށް ޤަބޫލުކުރެވޭ

ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް