މިރޭގެ މޫސުން: ކަނޑުތައް ގަދަ – ސަމާލުވުމަށް މެޓުން އިލްތިމާސްކުރޭ

މިރޭގެ މޫސުމަށް ބަލައިލާއިރު މިރޭވެސް ކަނޑުތައް ގަދަކަމަށް މެޓުން ބުނެފިއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިހެން ބުނެފައިވަނީ މާދަމާގެ އިރު އެރުމާއިހަމައަށް ލަފާކޮށް ނެރެފައިވާ މޫސު...

20 Oct 2025 | 12:42
ކަނޑުގަދަ ވަގުތެއްގައި މާލެ ވަންނަން ދަތުރުކުރަމުންދިޔަ ކުޑަ ދޯންޏެއް - ފައިލް ފޮޓޯ: ދުވަސް

ކަނޑުގަދަ ވަގުތެއްގައި މާލެ ވަންނަން ދަތުރުކުރަމުންދިޔަ ކުޑަ ދޯންޏެއް - ފައިލް ފޮޓޯ: ދުވަސް

މިރޭގެ މޫސުމަށް ބަލައިލާއިރު މިރޭވެސް ކަނޑުތައް

ގަދަކަމަށް މެޓުން ބުނެފިއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން

މިހެން ބުނެފައިވަނީ މާދަމާގެ އިރު އެރުމާއިހަމައަށް ލަފާކޮށް ނެރެފައިވާ މޫސުމީ

ބުލެޓިންގައެވެ.

މޫސުމީ އެ ބުލެޓިންގައި ބުނެފައިވާގޮތުގައި މިރޭ

ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް

ވާރޭވެހި ގުގުރުން އެކަށީންވެއެވެ.

"ވިލާގަނޑުގައި ގާތްގަނޑަކަށް 45 މޭލު

ބާރުމިނަށް ވައިގަދަވުން އެކަށީގެންވޭ" މެޓުން ބުނެފައިވެއެވެ.

މިރޭ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް

ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެކަމަށް ލަފާކޮށްފައިވާއިރު ހުރިހާ ފަރާތްތަކުން،

ޚާއްޞަކޮށް ކަނޑ ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން އިލްތިމާސްކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް