ބޮގަރު ވިއްކުމުގައި އުޅުނު ދެ ޤައުމަށް ނިސްބަތްވާ ދެ ބްރާންޗުގެ މީހުން -
މާލޭގައި ފުޅާ ދާއިރާއެއްގައި ބޮގަރު (ބަނގުރަލުގެ
ލޯކަލް ވައްތަރު)ގެ ވިޔަފާރި ކުރަމުންދިޔަ ނޭޕާލު ބަޔަކާއި ބަންގްލަދޭޝް ބަޔަކު
ހައްޔަރުކޮށްފިއެވެ.
ނޭޕާލަށް ނިސްބަތްވާ ބަޔަކާއި ބަންގްލަދޭޝް އަށް
ނިސްބަތްވާ ބަޔަކު ހައްޔަރުކޮށްފައިވަނީ ތަފާތު ދެ އޮޕަރޭޝަނެއްގައެވެ.
ބޮގަރު ވިއްކުމުގެ ނޭޕާލް ބްރާންޗުގެ ހަތަރު މީހުން
ހައްޔަރުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައެވެ.
އެ އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ
01. އުމުރުން 24 އަހަރުގެ ބިބަސް ރާއީ
02. އުމުރން 39 އަހަރުގެ ޑެބި ތަމަންގް
03. އުމުރުން 31 އަހަރުގެ ޕްރަވިތާ ކަރްކީ ލިމްބް
04. އުމުރުން 37 އަހަރުގެ ލަކްޝްމީ ޖިމީ
މި ހަތަރު މީހުންނަކީ ވެސް ނޭޕާލް މީހުންނެވެ. މި ހަތަރު
މީހުން ތިބި އެޕާޓްމަންޓް ބަލައިފާސްކުރިއިރު ބަނގުރާކަމަށް ބެލެވޭ އެއްޗެއް ހުރި
500އެމްއެލްގެ ހަތަރު ފުޅިއާއި ފަސް ލީޓަރުގެ ދެ ފުޅި ފެނިފައިވާކަމަށް ފުލުހުން
ބުނެފައިވެއެވެ.
ބޮގަރު ވިއްކުމުގައި އުޅުނު ބަންގްލަދޭޝް
ބްރާންޗުގެ ތިން މީހުން ހައްޔަރުކޮށްފައިވަނީ އިއްޔެ ހިންގި އޮޕަރޭޝަނެއްގައެވެ.
އެ ތިން މީހުންނަކީ
01. އުމުރުން 37 އަހަރުގެ ރަސެލް ޚާން
02. އުމުރުން 32 އަހަރުގެ އެމް.ޑީ ސޮހެލް ހަވްލަދަރ
03. އުމުރުން 40 އަހަރުގެ ނުރުލް އިސްލާމް
މި އޮޕަރޭޝަންގައި، އެ މީހުންނާ ގުޅުންހުރިކަމަށް ބެލެވޭ
މާލޭގެ ދެ އެޕާޓްމަންޓެއް ބަލައިފާސްކޮށްފައިވާއިރު ބަލައި ފާސްކުރުމުގެ ތެރެއިން،
ބަނގުރާކަމަށް ބެލެވޭ އެއްޗެއް ހުރި 500 އެމްއެލްގެ 29 ފުޅިއާއި، ފަސް ލީޓަރުގެ ފުޅިއަކާއި،
ތިން ޓައްޕު ފެނިފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ބަންގްލަދޭޝް ބްރާންޗާއި ނޭޕާލް ބްރާންޗުގެ
އެންމެންވެސް ޑީޕޯޓް ކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފައިވާކަމަށްވެސް ފުލުހުން
ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް