އުރީދޫ ފަން ރަންގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައި -
އުރީދޫ ފަން ރަން 2025- ހުޅުމާލެ އަށް ރަޖިސްޓްރީވުމުގެ
ފުރުސަތު މިހާރު ރަސްމީކޮށް ހުޅުވާލާފައިވާކަން އުރީދޫ މޯލްޑިވްސް އިން އުފަލާއެކު
އިއުލާންކޮށްފިއެވެ.
ރާއްޖޭގައި ބާއްވާ އެންމެ އުފާވެރި ދުވުން
ކުރިއަށްގެންދަން ނިންމާފައިވަނީ 19 ޑިސެމްބަރ 2025 ގައި ހުޅުމާލޭގައެވެ.
ކިޓް އޮޕްޝަންތައް:
ސްޓޭންޑާޑް ކިޓްސް
110 ރުފިޔާއަށް ލިބޭ މި ކިޓްގައި ފަން ރަން
ޓީޝާޓާއި ރިސްޓް ބޭންޑް ހިމެނޭ
ފަން ކިޓްސް
210 ރުފިޔާއަށް ލިބޭ މި ކިޓުގައި ފަން ރަން ޓީޝާޓަކާއި
ރިސްޓް ބޭންޑާއި އައި ގްލާސް އަދި މަލްޓި ޕާޕަސް ބަނޑާނާ ހިމެނޭ
ފަން ކިޓްގެ ބިބް ކަސްޓަމައިޒް ކުރުން 31 އޮކްޓޫބަރ
ގެ ނިޔަލަށް އިތުރު އަގަކާ ނުލާކުރިއަށްގެންދެވޭނެ ކަމަށް އުރީދޫއިން ބުނެއެވެ.
އުރީދޫ ފަން ރަން އަކީ ކޮންމެ އަހަރަކު އުރީދޫއިން ބާއްވަމުންދާ
ހަރަކާތްތަކުގެ ތެރެއިން އާއްމުންގެ މެދުގައި އެންމެ މަގުބޫލު އެއް ހަރަކާތެވެ. މިދިޔަ
އަހަރު ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މަޖާ މި ހަރަކާތްތަކުގައި 6500 އަށްވުރެ ގިނަ
ބައިވެރިން ވަނީ ބައިވެރިވެފައެވެ.
ހަ އަހަރުން މަތީގެ
ހުރިހާ ފަރާތްތަކަށް މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައިވާއިރު ތަފާތު
ހަރަކާތްތަކެއް ހިމެނޭ ފަސް ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި
އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ ދުވުމެކެވެ. އުރީދޫ ފަން
ރަންގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ
ހަރަކާތެއްކަން އަންގައިދިނުމެވެ.
އުރީދޫ ފަން ރަންގައި ކޮންމެ ކިލޯމީޓަރ އެއް ދުވެ ނިމުމުން،
ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި، ކުލަގައިގެ އިތުރުން ފެން އަދި މަޖާ ހަރަކާތްތަކެއް
ކުރިއަށްދާނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ،
ޖޮގްކޮށްފަ، ދުވެފަ ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެއެވެ.
14 ނޮވެމްބަރ 2025 ވާ ހުކުރު ދުވަހުގެ 23:59 ގެ ނިޔަލަށް ރަޖިސްޓްރީވުމުގެ
ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ފުރުމުގެ ކުރިން ކުރީބައިގައި މޫލީ މެދުވެރިކޮށް
ރަޖިސްޓްރީ ވާން ހުރިހާ ފަރާތްތަކަށް އުރީދޫއިން ދައުވަތު ދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް