ސްޓިކާ ޖަހައިގެން މިދިޔަ ހަފްތާ ދެ ލައްކަ އަށްވުރެ ގިނަ ރުފިޔާ

މިދިޔަ ހަފްތާ ޤަވާއިދާ ހިލާފަށް ޕާކުކުރި އުޅަދުތަކުގައި ސްޓިކާ ޖަހައިގެން ދެ ލައްކަ އަށްވުރެ ގިނަ ރުފިޔާ ހޯދައިފިއެވެ. ފުލުހުންގެ ޓްރެފިކް މެނޭޖްމެންޓް ޑިޕާޓްމެންޓުން ކޮންމެ ހަފްތާއަކު އާންމުކުރާ ތަފާ...

20 Oct 2019 | 04:43

މިދިޔަ ހަފްތާ ޤަވާއިދާ ހިލާފަށް ޕާކުކުރި އުޅަދުތަކުގައި ސްޓިކާ ޖަހައިގެން ދެ ލައްކަ އަށްވުރެ ގިނަ ރުފިޔާ ހޯދައިފިއެވެ.

ފުލުހުންގެ ޓްރެފިކް މެނޭޖްމެންޓް ޑިޕާޓްމެންޓުން ކޮންމެ ހަފްތާއަކު އާންމުކުރާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ ހަފްތާ 852 އުޅަނދަކު ވަނީ ސްޓިކާ ޖަހައިފައެވެ. އެއީ މިމަހުގެ 12 ވަނަ ދުވަހުން މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށެވެ.

ޤަވާއިދާ ހިލާފަށް ޕާކުކުރާ ފުރަތަމަ ފަހަރު ޖޫރިމަނާ ކުރަނީ 250ރ. އިންނެވެ. އެކަން ތަކުރާރު ކޮށްފި ނަމަ ދެވަނަ ފަހަރު 500ރ. އިން ޖޫރިމަނާކޮށް އަދި ތިން ވަނަ ފަހަރު 750ރ. އިން ޖޫރިމަނާކުރެ އެވެ.

250 ރުފިޔާ އިން ޖޫރިމަނާކުރާ ނަމަ މިދިޔަ ހަފްތާ 213،000 ރުފިޔާ ލިބޭނެ އެވެ.

މި މުއްދަތުގެ ތެރޭގައި ފުލުހުން ވަނީ 852 އުޅަނދެއް ބަލައި ފާސްކޮށްފައެވެ. ލައިސަންސް ކާޑު ނެތި ދުއްވި 62 މީހަކު ހިފެހެއްޓިއިރު ލައިސަންސް ނެތި ދުއްވި 113 މީހަކު ވަނީ ހިފަހައްޓާފައެވެ.

މި މުއްދަތުގެ ތެރޭގައި ފުލުހުން ވަނީ 130 އުޅަނދެއް ޓޯވ ކޮށްފައެވެ. ޤަވާއިދާ ހިލާފަށް ޕާކުކުރާ އުޅަނދުތައް ޓޯވ ކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް