ވަންނާނެ ޕާޓީއެއް ނެތިގެން ނާށިގަނޑު ހިފައިގެން ނުދުވާކަމުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ހުޅު ހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.
މޫސަ މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
އެ ޓްވީޓްގައި މޫސަ ވިދާޅުވެފައިވަނީ އޭނާ އަކީ އަދިވެސް ޕީޕީއެމް މެމްބަރެއް ކަމަށާއި ސިޔާސީ މަސައްކަތް އެ ބަޔަކާއެކީ ނުކުރާނެ މީހުން ކުރިން އިއުލާނު ކޮށްފައި އޮންނާނެ ކަމަށެވެ.
"އަޅުގަނޑާ ކުރި ސުވާލަކަށް މަގާމުގެ ހައިސިއްޔަތުން ޖަވާބުދިނީ" މޫސަ ވިދާޅުވެފައިވެއެވެ. މޫސަ ކުރިން ވިދާޅުވެފައިވަނީ ނޮވެމްބަރު 11 ގައި އިންތިހާބީ ރައީސަށް ހުވާ ކުރެއްވެންވާނެ ކަމުގައި ގަބޫލުކުރައްވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް