އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ދިވެހި ބަހުން ޓްވީޓެއް ކުރައްވައިފިއެވެ.
މޯދީ މި ޓްވީޓް ކުރައްވާފައިވަނީ ދިވެހި ދެ ލަވަކިޔުންތެރިޔަކު ކިޔާފައިވާ ހިންދީ ލަވައެއް ޓްވީޓް ކުރެއްވުމަށްފަހު އެ ލަވައާއި ބެހޭ އިތުރު ތަފްސީލު ދެއްވަމުންނެވެ.
މޯދީ ދިވެހި ބަހުން ކުރައްވާފައިވާ ޓްވީޓްގައި ވިދާޅުވެފައިވަނީ "ވައިޝްނަވް ޖާން ތޯ" މި ލަވަ ކިޔުއްވާފައިވަނީ ރާއްޖޭގެ ހުނަރުވެރި ލަވަކިޔުންތެރިން މުޙައްމަދު ޝާހިދު އަދި މަރިޔަމް ވަހީދާ ކަމަށެވެ. ގާންދީގެ ސުލްޙައިގެ ފަލްސަފާއާއި ދެމެހެއްޓެނިވި ތަރައްޤީ އަދި ސާފުތާހިރުކަމުގެ ހަރަކާތް ދިވެހިރާއްޖޭގެ ދިރިއުޅުމުގެ ވައްޓަފާޅި ދައްކުވައިދޭކަމުގައި މޯދީ ދިވެހި ބަހުން ކުރައްވާފައިވާ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
https://twitter.com/narendramodi/status/1053599991392923649
މޯދީގެ މި ޓްވީޓަށް މަދު ވަގުތުކޮޅެއްގެ ތެރޭގައި އެތައް ސަތޭކަ ލައިކްސް، ރީޓްވީޓްސް އަދި ކޮމެންޓްސް ލިބިފައިވެއެވެ.
މޯދީގެ މި ޓްވީޓަށް ބޮޑު ސަމާލުކަމެއް ލިބެމުން އަންނައިރު މި ޓްވީޓަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ދިވެހި ބަހުން ޓުވީޓެއް ކުރެއްވިކަމީ ދިވެހިންނަށް ލިބުނު ބޮޑު އުފަލެއް ކަމަށެވެ.
https://twitter.com/AhmedMahloof/status/1053624159559811073
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް