ދަރީންގެ މައްޗަށް މައިން ބަފައިން ބަދު ދުއާއެއް ކޮށްފިނަމަ އެއްވެސް ހުރަހެއްނެތި އެ ދުއާ އިޖާބަ ކުރައްވާނެކަމުގައި ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.
ޑރ. އިޔާޒް މިހެން ވިދާޅުވެފައިވަނީ އިސްލާމިކް ނޮލެޖް ވައިބަރ ގްރޫޕްސް ގައި މީހަކު ކޮށްފައިވާ ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އެ ސުވާލުގައި އަހާފައިވަނީ މައިންބަފައިން ދުނިޔޭގައި ތިބެ އެމީހުންގެ ހާލު ނުބަލާ އަދި އެބައިމީހުން ހިތްދަތި ވެ އެވާހަކަ ދައްކާނަމަ ދަރިންނަށް އެކަމުން އަސަރެއް ކުރާނެތޯ އެވެ. އަޒާބު ލިބޭނެތޯއެވެ.
ޖަވާބުގައި ޑރ. އިޔާޒް ވިދާޅުވެފައިވަނީ މައިން ބަފައިންނަށް ހެޔޮ ކޮށް ހިތުމަކީ ދަރިންގެ މައްޗަށް ވާޖިބު ވެގެންވާކަމެއް ކަމަށެވެ. އެމީހުން ހިތައގައި ޖެހޭ ފަދަ އެއްވެސް ކަމެއް ކޮށްގެްނ ނުވާނެ ކަމަށެވެ.
"އެމީހުންގެ ބަދު ދުއާ އަކީ ﷲ އާއި ދެމެދުގައި އެއްވެސް ހުރަހެއް ނެތި އިޖާބަ ކުރައްވާ އެއްޗެއް" ޑރ. އިޔާޒް ވިދާޅުވެފައިވެއެވެ.
އިސްލާމިކް ނޮލެޖް ވައިބަރ ގްރޫޕްސް އަކީ ދީނީ ސުވާލުތަކަށް ޖަވާބު ލިބިގެންދާ ޕްލެޓްފޯމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް