ހަ މަގާމުންކުރެ އެއްވެސް މަގާކަމުން އިސްތިއުފާ ނުދެން: އަޝްމަލީ

އެއްވެސް މަގާމަކުން އިސްތިއުފާ ދެއްވާފައިނުވާނެކަމަށާއި އިސްތިއުފާ ދިން ކަމަށްބުނެފައިވާ ޓްވިޓާ އެކައުންޓަކީ އޭނާގެ އެކައުންޓެއް ނޫންކަމުގައި މުހައްމަދު އަޝްމަލީ ވިދާޅުވެއްޖެއެވެ. އަޝްމަލީ އަދާކުރައްވ...

20 Oct 2018 | 11:49

އެއްވެސް މަގާމަކުން އިސްތިއުފާ ދެއްވާފައިނުވާނެކަމަށާއި އިސްތިއުފާ ދިން ކަމަށްބުނެފައިވާ ޓްވިޓާ އެކައުންޓަކީ އޭނާގެ އެކައުންޓެއް ނޫންކަމުގައި މުހައްމަދު އަޝްމަލީ ވިދާޅުވެއްޖެއެވެ.

އަޝްމަލީ އަދާކުރައްވަމުން ގެންދަވާ މަގާމުތަކުގެ ތެރޭގައި ހިމެނެނީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަޤާމާއި ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްގެ އިސްވެރިޔާގެ މަޤާމާއި ނެޝަނަލް ސެންޓަރފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ)ގެ އިސްވެރިޔާގެ މަޤާމާއި ނޭޝަނަލް އާކައިވް މޯލްޑިވްސްގެ އިސްވެރިޔާގެ މަޤާމާއި ޑިޕާޓްމެންޓް އޮފް ނެޝަނަލް ރެޖިސްޓްރީ (ޑީއެންއާރު)ގެ އިސް ވެރިޔާގެ މަގާމުގެ އިތުރުން ދިރާގުގެ ޗެއާމަން ކަމުގެ މަގާމެވެ.

ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އަޝްމަލީ މިއަދު ވިދާޅުވެފައިވަނީ އޭގެން އެއްވެސް މަގާމަކު އަދި އިސްތިއުފާ ދެއްވާފައިނުވާނެ ކަމަށާއި މިވަގުތު ހުންނެވީ ރާއްޖެއިން ބޭރުގައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް