ކުއްޖާ ދުނިޔެއަށް އުފަންވުމާއި އެކު ތުއްތު ކުދިން ރީނދޫން ވާން ފަށައެވެ. އާންމުކޮށް އުފަންވުމުން ރީނދޫވުން ދެތިން ހަތަރު ހަފްތާއެއް ތެރޭގައި ހުއްޓި ރަނގަޅުވެ އެވެ.
ކުއްޖާ ރީނދޫވަނީ ހަށިގަނޑުގެ އެކި ގުނަވަންތަކަށް ރަނގަޅަށް ލޭ ދައުރުވާން ފެށުމާއި އެކު އެވެ. އެކަމަކު ބައެއް ކުދިން ރީނދޫވުން ނުހުއްޓި ހާލު ދެރަވާގޮތް ދިމާވެ، ސއްހީ މައްސަލަތަކާއި ކުރިމަތިލާން ޖެހެ އެވެ.
ރީނދޫވުން އަވަހަށް ރަނގަޅު ކުރުމަށް އާންމުކޮށް ޑޮކްޓަރުން ދޭ އިރުޝާދުތަކުގެ ތެރޭގައި ހިމެނެނީ ކޮންމެ ދުވަހަކު ހެނދުނު އަވީގައި ކުއްޖާ ޖެއްސުމެވެ. އެކަމަކު ބައެއް ކުދިން އަތްވަށް ނެރޭތާ މަހެއް ހާ ދުވަސް ވާއިރުވެސް ރީނދޫވުމެއް ނުކެނޑެ އެވެ.
މިފަހަރު ބުނެދޭން މި އުޅެނީ ވަރަށް ފަސޭހައިން ކުއްޖާ ރީނދޫވުން ހުއްޓޭނެ ފަރުވާ އެކެވެ.
ދުވާލަކު ދެއިރު މައިމީހާގެ ގާތުންދޭ ކިރު ކުއްޖާގެ ލޮލަށް އަޅާށެވެ. މާގިނައިންނެތް ނޫނެވެ. ކުޑައެތިކޮޅެއް ލޮލަށް އަޅާލުމަށް ފަހު މުޅި ލޮލު ތެރެއަށް ކިރު ކޮޅު ފަތުރާލާށެވެ. އެއީ އަތް ބޭނުން ކޮށްގެންނެތް ނޫނެވެ. ކަރުނަވަޅު ކަރިއަށް ކިރުކޮޅު އަޅާލުމަށް ފަހު ކުއްޖާ މަޑުމަޑުން އަނެއް ފަރާތަށް އަނބުރާލުމުން މުޅި ލޮލަށް ފޭދިގެން ދާނެ ދާނެ އެވެ.
އެގޮތަށް 30 ވަރަކަށް ސިކުންތު ބެހެއްޓުމަށް ފަހު ޓިޝޫ ކޮޅަކުން ލޯ ފޮހެލާށެވެ. މިގޮތަށް ހަފްތާއެއްހާ ދުވަހު އަލަށް އުފަންވާ ކުދިންގެ ލޮލަށް ކިރު އެޅުމުން ރީނދޫވުން ހުއްޓޭނެ އެވެ. ރީނދޫވުން ހުއްޓޭކަން ފެންނާނީ ކުއްޖާގެ ލޮލަށް އަންނަ ބަދަލުންނެވެ.
އާންމުކޮށް ރީނދޫވުމުން އެކަން ފެންނާނީ ހަންގަނޑުންނާއި ލޮލުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް