މި މިމަހުގެ ދެވަނަ ދުވަހުން ފެށިގެން ތުރުކީގައި ވީނުވީއެއް ނޭނގި ގެއްލުނު ނޫސްވެރިޔާ، ޖަމާލް ޚަޝޫގްޖީ ސައުދީ ކޮންސިއުލޭޓް ތެރޭގައި މަރާލާފައިވާކަމަށް ސައުދީން އެންމެ ފަހުން އެއްބަސްވެއްޖެއެވެ.
ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓް ތެރޭގައި ނޫސްވެރިޔާ ސައުދީ ކޮންސިއުލޭޓް ތެރޭގައި މަރުވެފައިވާކަމަށް ސައުދީން އެއްބަސްވެފައިމިވަނީ މިއަދު ސައުދީގެ ރަސްމީ ޓީވީ ދެމުވެރިކޮށް ދީފައިވާ ބަޔާނެއްގައެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ޚަޝްހޫގްޖީ މަރުވެފައިވަނީ ކޮންސިއުލޭޓް ތެރޭގައި ތިބި ބަޔަކާ ހިނގި ތަޅާފޮޅުމަކަށް ފަހުގައި ކަމަށެވެ.
އެ މައްސަލައިގާ ސައުދީ އިންޓެލިޖެންސްގެ ނައިބާއި ރޯޔަލް އެޑްވައިޒަރާއި ވަލީ އަހުދު ސަލްމާންގެ އަރިސް ބޭފުޅަކު ވަޒީފާއިން ވަކިކޮށްފައިވާކަމަށްވެސް ބުނެފައިވެއެވެ.
ސައުދީން ބުނެފައިވާގޮތުގައި ޚަޝްހޫގްޖީ ސައުދީ ކޮންސިއުލޭޓަށް އެދުވަހު ވަނުމުން އެތާނގައި ތިބި މީހުންނާއި ދެމެދު ވަރުގަދަ ޒުވާބެއް ހިިނގި ކަމަށާއި އެންމެ ފަހުން އެ ޒުވާބު ތަޅާފޮޅުމަކަށް ބަދަލުވެ ޚަޝޫގްޖީ މަރުވީ ކަމުގައި ސައުދީން ބުނެފައިވެއެވެ.
މި މައްސަލައިގާ މިހާރު 18 މީހަކު ހައްޔަރުކޮށްފައިވާކަމަށާއި ތަހުގީގު ކުރިއަށްދާކަމުގައިވެސް ސައުދީން ބުނެފައިވެއެވެ.
މި މަހުގެ ދެވަނަ ދުވަހު ޚަޝޫގްޖީ، ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް ދިޔައީ ތުރުކީގައި ހުންނަ އޭނާގެ ލޯބިވެރިޔާ އާއި ކައިވެނި ކުރުމަށް ލިޔެކިޔުމެއް ހޯދުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް