އިރާގުގެ ވެރިރަށް ބަގުދާދުގެ މިސްކިތެއްގައި މީހަކު ޖާނުންފިދާވެ ދިން ބޮމުގެ ހަމަލާއެއްގައި 18 މީހަކު މަރުވެ 30 މީހަކު ޒަހަމްވެއްޖެ އެވެ.
އިއްޔެ ދިން މި ހަމަލާ އަމާޒުކޮށްފައިވަނީ ޝީޢީން ދިއިއުޅޭ ހަރުތިޔާ ސަރަހައްދުގައި ހުންނަ މިސްކިތަކަށެވެ. ނަމަވެސް މި ހަމަލާ ދީފައިވަނީ މިސްކިތުގެ އެތެރޭގައި ކަން ނޫނީ ބޭރުގައިކަން ނޭންގޭކަމަށް ބަގްދާދު ސިފައިން ބުނެ އެވެ.
މި ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެ އެވެ. ނަމަވެސް ޝީޢީން ތުހުމަތު ކުރަނީ މި ހަމަލާއަކީ އައިއެސްއިން ދިން ހަމަލާއެއް ކަމަށެވެ. އައިއެސްގެ ހަނގުރާމަވެރިން ބަގްދާދަށް އެރިޔަ ނުދިނުމަށް ސެކިއުރިޓީ ވަރުގަދަކޮށްފައިވީނަމަވެސް ދޭތެރެދޭތެރެއިން ބަގްދާދުގައި ކާރު ބޮމުގެ ހަމަލާއާއި ޖާނުންފިދާވުމުގެ ހަމަލާތައް އަންނަނީ ދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް