ގްރޭޑް 8 ގެ ދަރިވަރުންނަށް ކެރިއާ ރޭވުމަށް އެމްއެންޔޫއިން ހާއްސަ ސިލްސިލާއެއް ތައާރަފުކުރަނީ

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން ދަރިވަރުންގެ ތައުލީމީ މިސްރާބާއި ވަޒީފާގެ ދާއިރާ ކަނޑައެޅުމުގައި އެހީތެރިވެދިނުމަށް "އެމްއެންޔޫ ފިއުޗާ ރެޑީ ސީރީޒް"ގެ ނަމުގައި ޕްރޮގްރާމެއް ފެށުމަށް...

20 Sep 2026 | 09:12
N/A

N/A

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން ދަރިވަރުންގެ ތައުލީމީ މިސްރާބާއި ވަޒީފާގެ ދާއިރާ ކަނޑައެޅުމުގައި އެހީތެރިވެދިނުމަށް "އެމްއެންޔޫ ފިއުޗާ ރެޑީ ސީރީޒް"ގެ ނަމުގައި ޕްރޮގްރާމެއް ފެށުމަށް ނިންމައިފިއެވެ.

މި ސިލްސިލާގެ ދަށުން ބާއްވާ ފުރަތަމަ ސެޝަން ތާވަލުކޮށްފައި އޮތީ 24 ސެޕްޓެމްބަރު 2026 ވަނަ ދުވަހު މެންދުރުފަހު 14:00 އަށް އެމްއެންޔޫ ސެންޓްރަލް އެޑްމިނިސްޓްރޭޝަން އޮޑިޓޯރިއަމްގައެވެ. "އެމްއެންޔޫ ފިއުޗާ ރެޑީ: ޑިސްކަވާ ޔޯ ޕާތް. ޝޭޕް ޔޯ ފިއުޗާ" މި ނަން ދީފައިވާ އެ ސެޝަން ވަކީން ހާއްސަކޮށް އަމާޒުކޮށްފައި ވަނީ ގްރޭޑް 8 ގެ ދަރިވަރުންނަށެވެ.

އެ ޔުނިވަރސިޓީން ނެރުނު ނޫސް ބަޔާނުގައިވާ ގޮތުން މި ސެޝަންގެ ތެރެއިން ކުދީންގެ ޝައުގުވެރިކަމާއި ހުނަރުތައް ދެނެގަނެ މާއްދާ ހިޔާރުކުރުމުން ކުރިމަގުގެ ތައުލީމީ އަދި ވަޒީފާގެ މަގުތައް ބައްޓަންވާ ގޮތް ބައިވެރީންނަށް އޮޅުންފިލުވައިދޭނެއެވެ. ތަފާތު ހަރަކާތްތަކާއި ކެރިއާއާ ގުޅޭ މަޝްވަރާތައް މެދުވެރިކޮށް ކިޔަވާ މާއްދާތަކާއި ވަޒީފާގެ ދުނިޔެއާ ހުރި ގުޅުން ދަރިވަރުންނަށް ތަޖުރިބާކުރެވޭނެ ކަމަށް ވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ކްލާސް ރޫމުން ބޭރުގައި ވެސް ޒުވާނުންނަށް ބޭނުންވާ މައުލޫމާތާއި ފުރުސަތު ހޯދައިދީ ކެރިއާ ރޭވުމުގައި އެއްބާރުލުން ދިނުމަކީ މި ސިލްސިލާގެ މައިގަނޑު މަގުސަދު ކަމަށް އެ ޔުނިވަރސިޓީން ބުނެފައިވެއެވެ.

ބައިވެރިވާން ޝައުގުވެރިވާ ދަރިވަރުންނަށް އެމްއެންޔޫއިން ފޯރުކޮށްދީފައިވާ ރެޖިސްޓްރޭޝަން ލިންކު މެދުވެރިކޮށް ޖާގަ ކަށަވަރުކުރެވޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް