ދަބަހުގައި ބޮމެއް އޮތްކަމަށް ބުނި މިސްރުގެ ރައްޔިތަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިޕާޗާ ސަރަހައްދުގައި ދަބަހެއްގައި ބޮމެއް އޮތް ކަމަށް ދޮގު މައުލޫމާތު ދިން މިސްރުގެ 38 އަހަރުގެ ފިރިހެނަކު އިއްޔެ ހައްޔަރުކޮށްފިއެވެ. ހައްޔަރުކޮށްފައިވަނީ ޕީޓާ ސަމާން ...

20 Sep 2026 | 03:33
N/A

N/A

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިޕާޗާ ސަރަހައްދުގައި ދަބަހެއްގައި ބޮމެއް އޮތް ކަމަށް ދޮގު މައުލޫމާތު ދިން މިސްރުގެ 38 އަހަރުގެ ފިރިހެނަކު އިއްޔެ ހައްޔަރުކޮށްފިއެވެ.

ހައްޔަރުކޮށްފައިވަނީ ޕީޓާ ސަމާން މަރްޒޫކް ސަމާން ނަމަކަށް ކިޔާ މީހެކެވެ. ފުލުހުން ފާހަގަކުރި ގޮތުގައި އެއާޕޯޓުގެ ޑިޕާޗާ ސްކްރީން ހުންނަ ސަރަހައްދުގައި އޭނާއާއި އޭނާގެ ދައްތަ ތިއްބައި ޑިއުޓީ އޮފިސަރުން ދައްތަގެ ދަބަސް އިތުރަށް ބެލުމަށް ގެންދިޔަ ވަގުތު އެ ދަބަހުގައި ބޮމެއް އޮތް ކަމަށް އޭނާ ބުނެފައިވެއެވެ. އެ ވާހަކައާ ގުޅިގެން ސެކިއުރިޓީ ސަމާލުކަމަށް ގެނެސް ސިފައިންނާއި ފުލުހުން އައިސް ދަބަސް ޗެކުކުރިއިރު އެފަދަ އެއްޗެއް ފެނިފައެއް ނުވެއެވެ. އެ ވަގުތު ސީނުގައި ހުރެ އެއީ މަޖަލަކަށް ބުނި އެއްޗެއް ކަމަށް އޭނާ ބުނެ މާފަށް އެދިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ބިރުދެއްކުމާއި ދޮގު ހަބަރު ދިނުމުގެ ތުހުމަތުގައި ހައްޔަރުކުރި މި މީހާ ކަސްޓޯޑިއަލް ޖަލެއްގައި ބަންދުގައި ބެހެއްޓުމަށް ފަސް ދުވަހުގެ މުއްދަތެއް ކޯޓުން ދީފައިވެއެވެ.

ކޯޓުގައި ވާހަކަ ދައްކަމުން ޕީޓާ ސަމާން ބުނީ އެއީ މަޖަލަކަށް ބުނި އެއްޗެއް ކަމަށާއި ފުލުހުންނަށް އެއްބާރުލުން ދީފައިވާ ކަމަށެވެ. އަދި ސީނުގައި ވެސް މާފަށް އެދިފައިވާނެ ކަމަށް އޭނާ ބުނެފައިވެއެވެ.

މި މައްސަލައިގައި އޭނާ ބަންދުކޮށްފައިވަނީ ފަސް ދުވަހުގެ މުއްދަތަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް